
އޭދަފުށީގައި ފުޅާ ދާއިރާއެއްގައި މިހާރު ވިޔަފާރި ކުރަމުން އަންނަ ފްރެންޑް މީ ހޯމްވެއާ އިން ޑިސްކައުންޓްތަކާ އެކު ރޯދަމަހަށް އަމާޒުކޮށް ހާއްސަ ސޭލެއް ފަށައިފި އެވެ.
ފްރެންޑް މީ ހޯމްވެއާ އިން ބުނީ ރަމަޟާން ސޭލް މިމަހުގެ 1 އިން ފެށިގެން މެއި މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަމީނީ މަގު ގައި ހުންނަ ފްރެންޑް މީ ހޯމްވެއާ ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ އައިޓަމުތަކުގެ އިތުރުން ބަދިގޭ ސާމާނަށެވެ. މީގެ އިތުރުން އިލެކްޓްރޯނިކްސް އައިޓަމް އާއި ގޭތެރެއަށް ބޭނުންވާ ތަފާތު އައިޓަމުތައްވެސް ވިއްކަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން 5000ރ އަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 15 ޕަސެންޓް ޑިސކައުންޓް ލިބެއެވެ. އަދި 1000ރ އާއި 5000ރ އާއި ދެމެދުގެ ވިޔަފާއިރއަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭއިރު 100ރ އާއި 1000ރ ދެމެދުގެ ވިޔަފާރިތަކަށް 5 ޕަސެންޓް ޑިސްކައުންޓް ލިބެއެވެ.