އޭދަފުށީގައި އާ ރެސްޓޯރަންޓެއް ހުޅުވައިފި

އޭދަފުށީގައި އަލަށް ހުޅުވި ހިތްގައިމު ރެސްޓޯރަންޓް

ބ. އޭދަފުށީގައި އާ ރެސްޓޯރެންޓެއް ހުޅުވައި ހިދުމަތްދެން ފަށައިފި އެވެ.

“ވައިޓް ބައި އެއިޓް އެސް” ގެ ނަމުގައި ޑޭޒީ ހިނގުމުގައި ހުންނަ މި ރެސްޓޯރަންޓް ފަރުމާކޮށްފައި ވަނީ މިރަށުގައި ހުރި އެހެން ރެސްޓޯރެންޓްތަކާ ތަފާތު އަދި ހާއްސަ ތަނެއްކަން އިހުސާސް ކުރެވޭ ގޮތަށް ހިތްގައިމު މާހައުލެއްގަ އެކެވެ.

އޭދަފުށީގައި އަލަށް ހުޅުވި ހިތްގައިމު ރެސްޓޯރަންޓް

“މިތަން ޑިޒައިނިންގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދިނިން ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއް އުފެއްދޭތޯ،” ރެސްޓޯރަންޓްގެ ވެރިޔާ ސަބީން އިބްރާހީމް ބުންޏެވެ.

“ޑިޒައިން ވެސް ވަރަށް ތަފާތުވާނެ، ވަރަށް ރީތި ވާނެ، ހަމަ ގައިމުވެސް ހިތްގައިމު މާހައުލަކަށް ވާނެ،”

އޭދަފުށީގައި އަލަށް ހުޅުވި ހިތްގައިމު ރެސްޓޯރަންޓް

ރެސްޓޯރަންޓުތަކުން އާންމު ގޮތެއްގައި ލިބޭ ހުރިހާ ކާނާއެއް ވެސް މިތަނުން ލިބެން ހުންނާނެ ކަމަށް ސަބީން ބުނެ އެވެ. އަދި އެހެން ރެސްޓޯރަންޓުތަކާ އަޅާ ބަލާއިރުގައި އަގު ވެސް ބޮޑު ނުވާނެ ކަމަށް އޭނާ ބުނެ އެވެ.

ސަބީން ބުނިގޮތުގައި އެ ރެސްޓޯރަންޓުން އެއްފަހަރާ 70 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

އޭދަފުށީގައި އަލަށް ހުޅުވި ހިތްގައިމު ރެސްޓޯރަންޓް

“އަޅުގަނޑުމެން އިއްޔެ އާންމުންނަށް އަދި މި ހުޅުވާލީ އެކަމަކު އެއްކޮށް ހުޅުވާލައިގެން ހުރިހާ ޑިޝްތައް ލިބެން ކުޑަ ދުވަސްކޮޅެއް ނަގާނެ،” ޝަބީން ބުންޏެވެ.

ސަބީން ބުނި ގޮތުގައި އެ ރެސްޓޯރެންޓުން ކުޑަކުދިންގެ ޕާޓީތަކުން ފެށިގެން ވެޑިން އާއި ކޯޕަރޭޓް އިވެންޓްތައް ބާއްވައިދީ ކޭޓަރިންގެ ހިދުމަތްވެސް ދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.