ޕީޓީއޭ އިން ނައިޓް މާކެޓެއް ބާއްވަނީ

ޕީޓީއޭއިން ބާއްވާ ނައިޓް މާކެޓްގެ އިސްތިހާރެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން މި ހަފްތާގެ ބަންދު ތެރޭގައި އޭދަފުށީގައި ބޮޑު ނައިޓް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

ޕީޓީއޭ ފަންޑް ރައިސް ކުރުމުގެ ގޮތުން ބާއްވާ، ނައިޓް މާކެޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދުވަހު ހަވީރު 4:00 އިން 6:00 އަށް، ރޭގަނޑު 8:30 އިން 10:30 އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރު 1:00 އަށް ތައުލީމީ މަރުކަޒުގަ އެވެ.

ޕީޓީއޭ އިން ބުނީ ދެ ދުވަހުގެ މުއްދަތަށް ބާއްވާ ނައިޓް މާކެޓްގައި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ. ނައިޓް މާކެޓްގައި ބައިވެރުވާ ފިހާރަތަކުގެ ތެރޭގައި ފަސްމުގޫ، ރިނޮއޮން، ފަސްފިޔަ، ފަލްކޯ ބްލޫމް އޯކިޑް، ނިއަމި ޓްރޭޑް އަދި ނޯ ލިމިޓް ފެޝަން ހިމެނެއެވެ. މީގެ އިތުރުން ޕީޓީއޭ އާއި ދަނާލުގެ ހާއްސަ ފުޑް ސްޓޯލެއް ވެސް މި ނައިޓްމާކެޓްގަ ކުރިއަށްދޭނެ އެވެ.

އޭދަފުށީގައި އެންމެ ފަހުން ބޮޑު ނައިޓް މާކެޓެއް ބޭއްވީ މިދިޔަ މަހު އެވެ. ވަފާ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި އެ ނައިޓް މާކެޓަށް ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.