ފަސްމުގޫ ރޯދަ ސޭލް ފަށައިފި

ފަސްމުގޫ ފިހާރައިން ބަޔަކު ވިޔަފާރި ކުރަނީ. އެތަނުން ވަނީ މިއހަަރުގެ ރޯދަ ސޭލް ފަށާފައި

އަގުބޮޑު އިނާމުތަކާއެކު ފަސްމުގޫ ގްރޫޕުން މި އަހަރުގެ ރޯދަ ސޭލް  ފަށައިފި އެވެ.

ބ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ގްރޫޕްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ އިސްމާއިލް ޝަހީމް ވިދާޅުވީ މިއަހަރުގެ ރޯދަ ސޭލްގެ ހާއްސަ އިނާމެއްގެ ގޮތުގައި ލަކީ ޑްރޯ އިން ހޮވޭ މީހަކަށް 25،000ރ. ގެ ބެޑްރޫމް ސެޓެއް ލިބޭނެ ކަމަށެވެ.

އެއްވަނަ އިނާމަކަށް 15،000ރ. ދޭ އިރު، ދެ ވަ ނަ އިނާމަކަށް ދޭނީ 10،000ރ. އެވެ. އަދި ތިންވަނަ އިނާމަކަށް 5000ރ. އެވެ. އޭގެ އިތުރުން ތިން ވަނަ އިން ފެށިގެން 10 ވަނައާ ދެމެދު ކޮންމެ ވަނައަކަށް އަގުހުރި ތަފާތު ތަކެތި ދިނުމަށް ވަނީ ނިންމައިފަ އެވެ.

ފަސްމުގޫ ފިހާރަ. އެތަނުން ވަނީ މިއހަަރުގެ ރޯދަ ސޭލް ފަށާފައި

“އަޅުގަނޑުމެން މިވަނީ ރޯދައާ ދިމާކޮށް ބަދިގެ އާއި ގޭތެރެ އަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ގެނެސްފައި. އަދި މި ތަނުން މި ވިއްކަނީ ރާއްޖޭގެ ބާޒާރުން ލިބެން ހުރި އެންމެ ހެޔޮ އަގުގައި، މިފަހަރު ތަކެތީގެ އަގު ބޮޑޫތަކުންވާނީ ހެޔޮކޮށްފައި،” އޭނާ ވިދާޅުވި އެވެ.

ފަސްމުގޫން ބުނީ އަންނަ ޖޫން މަހުގެ 6 ގެ ނިޔަލަށް ކުރިޔަށް ގެންދާ ސޭލްގެ ގުރުއަތުގައި ބައިވެރިވޭނީ 200ރ. އިން މަތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށެވެ.

ފަސްމުގޫ ފިހާރައިން ބަޔަކު ވިޔަފާރި ކުރަނީ. އެތަނުން ވަނީ މިއހަަރުގެ ރޯދަ ސޭލް ފަށާފައި

ފަސްމުގޫ ގްރޫޕުން ބުނީ މި ފަހަރުގެ ސޭލްގައި ވެސް އެ ގްރޫޕުން ހިންގާ ފަސްމުގޫ ބިލްޑްވެއާ އިން ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.