މޯލްޑިވިއަނުން ރޯދަމަހަށް ޚާއްސަކޮށްގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފިއެވެ.
ރާއްޖޭގެ ޤައުމީ އެއަރލައިނުން ވަނީ ރޯދަމަހަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފައެވެ.
މޯލްޑިވިއަންގެ ދަތުރުތައް މިހާރު ރާއްޖޭ 11 އެއާޕޯޓަކަށް ކުރެއެވެ. އަލަށް އެކުލަވާލި އަގުތަކަށް އަންނަ މަހުގެ 5 ން ފެށިގެން 28 ގެ ނިޔަލަށް ދަތުުކުރެވޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ރޯދަމަހު މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް (ދެކޮޅަށް)
- ދަރަވަންދޫ: 999ރ
- ކުޑަހުވަދޫ: 1388ރ
- އިފުރު: 1338ރ
- ހަނިމާދޫ: 1477ރ
- ތިމަރަފުށި: 1477ރ
- ކައްދޫ: 1477ރ
- ކޫއްޑޫ: 1515ރ
- ކާޑޭއްދޫ: 1515ރ
- ގަން: 1544ރ
- ފުވައްމުލައް: 1544ރ
މޯލްޑިވިއަނުން ވަނީ އެތެރޭގެ އުދުހެންތަކުގެ އަގު މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަދުވަހުވަނީ ބަދަލުގެނެސްފައެވެ. އެ ބަދަލާއި ކޮންމެ މަންޒިލަކަށްވެސް 25 އިންސައްތަ އާއި 30 އިންސައްތައާއި ދެމެދުގެ މިންވަރަކަށް އަގަށްވަނީ ބަދަލު ގެނެސްފައެވެ.