ޑޮކްޓަރުންނަށް ހާއްސަ ޕްލޭންއެއް އުރީދޫއިން ތައާރަފް ކޮއްފި

މިއަހަރުގެ ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ޚާއްސަ ޕްލޭނެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.

ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ، އުރީދޫ ހެޑްކުއާޓަރސްގައި މިއަދު ބޭއްވުނު ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.

އުރީދޫން ބުނި ގޮތުގައި މި ޕްލޭން މެދުވެރިކޮށް، ޓްވިޓާ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭނެއެވެ.

އެ ރަސްމިއާތުގައި ވާހަކަ ދައްކަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް ތައާރަފްކުރުމީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރޭ. މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް، މުޅި އުރީދޫ ޓީމުގެ ފަރާތުން، ޑޮކްޓަރުނގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަން. އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އެބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅުވާލަދޭ. މިގޮތުން، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ދ

މި ޕްލޭންގައި ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުން
  • ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތައް
  • ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު
  • ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ޙާއްސަ ޑޭޓާ އެލަވަންސެއް.

އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން، 1 މޭ 2019 އިން ފެށިގެން، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ޚިޔާރުކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.