ލަންކާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ދިރާގުންވެސް ކޯލްރޭޓް އަގުހެޔޮކޮށްފި

ސްރީލަންކާގެ އެކި ސަރަހައްދުގައި މިއަދު ހިނގާދިޔަ ހަމަލާތަކާ ގުޅިގެން، އެ ގައުމަށް ގުޅަން ހާއްސަ ރޭޓެއް ދިރާގުންވެސް ތައާރަފްކޮށްފި އެވެ.

ދިރާގުންވަނީ ލަންކާ އަށް ގުޅޭއަގު މިނެޓަކު 1 ރުފިޔާގެ ރޭޓަށް ކުޑަކޮށްފައެވެ. ދިރާގުގެ ކަސްޓަމަރުން މިރޭޓުގައި ލަންކާއަށް ގުޅުމަށް ކަނޑައަޅާފައިވާ ކޯޑް 019 ބޭނުންކުރަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މިރޭ މެންދަމު 12:00ގެ ނިޔަލަށް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ސްރީ ލަންކާއަށް ޚާއްސަ ރޭޓެއްގައި ގުޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ އަދި ދިރާގުން ވެސް ވަނީ މިހާރު ލަންކާގައި ހިނގަމުން ދާ ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން ދިވެހި ރާއްޖޭގައި ތިބި ލަންކާގައި ދިރިއުޅެމުންދާ މީހުންގެ އާއިލާތަކަށް ރާއްޖެއިން ވީހާވެސް ފަސޭހައިން ގުޅޭނެ ގޮތް ހަދާފައެވެ.

ސްރީލަންކާގައި ބޮމުގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައިވާ އިރު މިހާތަނަށް 160 މީހުން މަރުވެފައި ވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮމުގެ ހަމަލާ ދީފައިވަނީ 3 ޗާޗެއްގެ އިތުރުން 3 ހޮޓަލަކަށެވެ. އެގޮތުން ހަމަލާ ދީފާއިވާ ތަންތަނަކީ ކޮޗިކަޑަ ޗާޗް، ކަޓުއަޕިޓިއާ ޗާޗް، ބައްޓިކަލޯ ޗާޗްގެ އިތުރުން ކިންގްސްބެރީ ހޮޓެލް، ސިނަމަން ގްރޭންޑް ހޮޓެލް އަދި ޝަންގްރިލާ ހޮޓެލް ކަމަށް މީޑިއާތަކުން ބުނެއެވެ. މި ހަމަލާ ތަކުގައި އެވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައެއެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.