ވިލާ ކޮލެޖުން އޭދަފުށީގައި އޯޕަންޑޭއެއް ބާއްވައިފި

އޭދަފުށީ ކައުންސިލާއި ވީލާކޮލެޖް ގުޅިގެން އޭދަފުށީގައި ވިލާކޮލެޖް އޯޕަންޑޭއެއް ބާއްވައިފިއެވެ.

ދެދުވަހުގެ މުއްދަތަށް ބޭއްވި މިއޯޕަންޑޭ ބާއްވާފައިވަނީ 07 ޑިސެމްބަރުން 08 ޑިސެމްބަރގެ ނިޔަލަށެވެ. އޭދަފުށީ ބަހިއްޔާ ޕްރީސްކޫލްގެ ރޯޝަނީ މާލަމުގައި ކުރިއަށްގެންދިޔަ މި އޯޕަންޑޭގައި އަންނަ އަހަރު ވިލާ ކޮލެޖުން ހިންގާނެ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. އަދި އޭދަފުށީގައި މިއަންނަ އަހަރު ހުޅުވަން ނިންމާފައިވާ ވިލާކޮލެޖުގައި ހިންގުމަށް ގަސްތުކޮއްފައިވާ ކޯސް ތަކާއިބެހޭ ގޮތުން މައުލޫމާތު ދެއްވިއެވެ.
ވިލާކޮލެޖްގެ ބިޒްނަސް ފެކަލްޓީގެ ޑީން އަލްފާޟިލް އަލީ ރަޝީދު ވިދާޅުވީ އޭދަފުށީގައި ވިލާ ކޮލެޖްގެ އޯޕަންޑޭއެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އަންނަ ޖެނުއަރީމަހު އޭދަފުށީގަ ފަށާކޯސްތަކަށް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ކުދިންނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދައި ދިނުމެވެ. އަދި އޯޕަންޑޭ ކުރިއަށް ދިޔައިރު ވިލާކޮލެޖުގެ ހުރިހާ ކޯސްތަކަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައި ވާނޭ ކަމަށެވެ.
ވިލާކޮލެޖް އޭދަފުށީ ކެމްޕަހުގައި އަން ޖެނުއަރީމަހު ފެށުމަށް ހަމަޖެހިފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކެވެ. އަދި މީގެއިތުރުންވެސް ދަރިވަރުންގެ ޝައުގު ވެރިކަން ހުންނަވަރަކުން އިތުރުކޯސްތަށް ފަށާނެ ކަމަށް ވިލާކޮލެޖުން ބުނެއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ވިލާކޮލެޖް އޭދަފުށީ ކެމްޕަސްއަށް ވަނުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި ވާކަމަށާއި ޝައުގުވެރިކަން ހުރި ފަރާތްތަކުން އޭދަފުށީ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކޯސްތަކަށް އެޕްލައި ކުރުމުގެ ޕްރޮސަސް މިހާރުވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.