އޭދަފުށީގައި ހުންނަ އެސްޓީއޯގެ ފިހާރަ ރޭގަނޑު ހުޅުވަން ނިންމައިފި އެވެ.
އެސްޓީއޯ އޭދަފުށީ ފިހާރަ މިހާރު ހުޅުވާފައި ހުންނަނީ ހަމައެކަނި ދުވާލުގެ ވަގުތުގައެވެ. ނަމަވެސް މިރެއިން ފެށިގެން ތިން ރޭ ވަންދެން ރޭގަނޑު 8:30 އިން 10:00 އަށް އެ ފިހާރަ ހުޅުވާފައި ހުންނާނެ އެވެ.
އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ ކުރިއަށް އޮތް ތިން ރޭ އެ ފިހާރަ ހުޅުވަން ނިންމީ، ރޯދައާ ދިމާކޮށް ގިނަ ބައެއްގެ އެދުމުގެ މަތިން އާންމުންނަށް ވީހާ ވެސް ފަސޭހަ އިން އަދި ކައިރިން ހިދުމަތްތައް ދިނުމަށް ކަމަށެވެ.
“ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން 3 ރޭ ވަންދެން ހުޅުވަން ނިންމީ. މީގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެން ދާނެ،” އެސްޓީއޯ އޭދަފުށީ ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރޭގަނޑު ހުޅުވާފައި ހުންނަ ތިން ރޭ 500ރ. އިން ފެށިގެން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ވަގުތުން އިނާމެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.