ޕަބްޖީ ކުޅުންތެރިންނަށް އުރީދޫގެ ޚާއްސަ ހަދިޔާ: ޕަބްޖީ އަންލިމިޓެޑް ޕެކޭޖެއް

އުރީދޫ މޯލްޑިވްސް އަކީ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކޮށް، ތަފާތު އެތައް ޕެކޭޖުތަކާއި ޕްރޮމޯޝަންތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން، އުރީދޫ އިން ވަނީ މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަޤްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފައެވެ.

މީގެތެރޭގައި، ޕަބްޖީ ކުޅުންތެރިންނަށް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ، އެންމެ 250ރފ. އަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކްއެވެ.

“ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު. އަދި މި ގޭމު ކުޅުމުގައި، އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ އަދަދެއްގެ ވަގުތު ކަސްޓަމަރުން ހޭދަކުރަމުންދޭ. އުރީދޫގެ 4ޖީ+ ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތަށް އެހީތެރިވެ، އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަކޮށްލަދޭ.” އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ޕަބްޖީ މޮބައިލް ކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު، އުރީދޫ އިން މިއަދު ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ:

ކީވޯޑް މުއްދަތު ހިލޭ ޖީބީ އަގު (ރފ.) ޕެކް
PUBG50 7 ދުވަސް 1 ޖީބީ 50.00 ޕަބްޖީ50
PUBG100 30 ދުވަސް 2 ޖީބީ 100.00 ޕަބްޖީ100
PUBGUnlimited 30 ދުވަސް އަންލިމިޓެޑް 250.00 ޕަބްޖީ އަންލިމިޓެޑް

ޕަބްޖީ ޕްލޭންތައް ޚިޔާރުކުރުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް، ނުވަތަ 5555 އަށް ޕެކޭޖުގެ ކީވޯޑު އެސް.އެމް.އެސް ކުރައްވާށެވެ. ހަމައެހެންމެ، *929*5*1#  އަށް ގުޅާލުމުންވެސް، ފަސޭހަކަމާއި އެކު މި ޚިދުމަތް ޚިޔާރުކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.