މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްތަށް ދޭ ގަޑިތައް އިއުލާންކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ރޯދަ މަހު ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9 އިން މެންދުރު 12 އާ ހަމައަށް ކަމަށެވެ. އަދި 24 ގަޑިއިރު ސެލްފް ސާވިސް ބޭންކިންގް ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ
ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހު ބޭންކުގެ ހުރިހާ ބްރާންޗެއް ވެސް ބަންދުވާނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.
މިއަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ އާދީއްތަ ނުވަތަ ހޯމަ ދުވަހުއެވެ.