ދެ ވަނަ މެޗުންވެސް އޭދަފުށީ ބަށި ޓީމު މޮޅުވެއްޖެ

އޭދަފުށީ ބަށި ޓީމު
އޭދަފުށީ ބަށި ޓީމު

 

މާލޭގައި މިހާރު ކުރިއަށްދާ އެސްޓީއޯ ބަށި މުބާރާތުގައި އޭދަފުށީ އަންހެނުންގެ ރޫހު ކުޅުނު ދެވަނަ މެޗުންވެސް މޮޅު ވެއްޖެ އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު މުޑި ޖަމިއްޔާގެ ބަށި ޓީމު އަތުން އޭދަފުށި މޮޅުވީ 28 ލަނޑުންނެވެ. މުޑި ޖަމިއްޔާ އަށް ހެދުނީ 26 ލަނޑު 11 ފޯއްޔެވެ.

ގުރޫޕް ޑީގެ އެއްވަނައިގައި އޭދަފުށި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ތިން ޕޮއިންޓާ އެކު މުޑި ޖަމިއްޔާ ދެވަނައިގައި އޮތްއިރު، ހެންވޭރު ތަރި އާއި ހޯޑެއްދޫ ޗެލެންޖް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ކޮންމެ ގުރޫޕަކުން ވެސް ކުއާޓާ ފައިނަލަށް ދާނީ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މުބާރާތުގައި ދެން އޭދަފުށީ އަންހެނުންގެ ރޫހު ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެ ރެ އެވެ. އެ މެޗުގައި އޭދަފުށީ ޓީމާ ދެކޮޅަށް ނުކުންނާނީ ހެންވޭރު ތަރި އެވެ.

މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ވަނީ ހުށަހަޅައިފަ އެވެ. ރަނަރަޕް ޓީމަށް 50،000ރ. ހުށަހަޅައިފައިވާއިރު، ތިން ވަނަ ޓީމަށް 25،000ރ. ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ފެއާ ޕްލޭ ޓީމަށް ވެސް ވަނީ 10،000ރ. ހުށަހަޅައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއާ ނުވަތަ ބަށި ރާނީ އަށް ހޮވޭ ކުޅުންތެރިއަކަށް މޯލްޑިވިއަން އިން ވަނީ ޗެންނާއީ ދެކޮޅު ޓިކެޓު ހުށަހަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Abdul Muhaimin

    މަރުޙާބާ! ފޮޓޯއިން ފެންނަ މަންޒަރަށް ބަލާއިރު ގިނަ ކުޅުންތެރިންގެ ފިޓްނަސް މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.