ސަލްސާ ރިޓްރީޓުން ރޯދަ ވީއްލަން ހާއްސަ މެނޫތަކެއް

ސަލްސާ ރިޓްރީޓް

ގިނަ ރަހަތަކާއެކު، ސަލްސާ ރިޓްރީޓުން ރޯދަ ވީއްލަން މި އަހަރު ހާއްސަ މެނޫތަކެއް ތައާރަފު ކޮށްފި އެވެ.

ސަލްސާ ރިޓްރީޓުން މި ރޯދަ މަހަށްވެސް ނެރެފައި ވަނީ ގިނަ ރަހަތަކުން މުއްސަދިވެފައިވާ މެނޫތަކެވެ. ރޯދަ ވީއްލަން އެންމެ ގިނަ މީހުން ބޭނުން ވާނެ ތަފާތު ވައްތަރުތައް ހިމަނާފައިވެ އެވެ. އެގޮތުން، އާއްމުކޮށް ރޯދަ ވީއްލަން ބޭނުން ކުރާ ދިވެހި ކެއުންތައް ކަމަށްވާ ރޮށްޓާއި ފެންރޮށި އަދި ތަފާތު ވައްތަރުތަކުގެ މަސްހުންޏާއި ހެދިކާ ވެސް ހިމަނާފައިވެ އެވެ.

“ސަލްސާރީޓްރީޓް ‘ގެ ރޯދަ މެނޫގެ ޚައްސަ ކަމަކީ ކޮންމެ ދުވަހަކު އެއް މެނޫއެއްގެ ބަދަލުގައި އޮންނަނީ ކޮންމެ ދެ ދުވަހަކުން ބަދަލުވާ މެނޫއެކެވެ. އެގޮތުން ހުކުރު ދުވަހާއި ހޯމަ ދުވަހަށް ވަކި މެނޫ އަށް އޮންނައިރު، އާދީއްތަ އަދި ބުދަ ދުވަހުގެ މެނޫ ތަފާތު ވާނެ އެވެ. އަދި ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެނޫއަކީ ވެސް ތަފާތު މެނޫއެކެވެ.

ރޯދަ ވީއްލުމެއްގެ އަގަކީ ބޮލަކަށް 125ރ. އެވެ. އެ ތަނުގައި ދިހަ މީހުންނަށް ވުރެ ގިނަ އިން ހިމެނޭ ގޮތަށް ރޯދަ ވީއްލަން ބުކިން ހަދައިފި ނަމަ އިތުރު އެކަކަށް ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ އެވެ.

ސަލްސާގެ މީރު ރަހަތަކާއި، އެ ތަނުގެ ހިތްގައިމުކަމުގެ އިހުސާސްތަކާ އެކު ރޯދަ ވީއްލަން ބޭނުންވާ މީހުން އަވަހަށް 6600066، 7907041 ގުޅައިގެން ރިޒަވޭޝަން ހައްދާށެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.