ރޯދަ މަހަށް ހާއްސަ ކޮށްގެން ބ. ކެންދޫގެ ގޭބިސީ ތަކުގެ ކުނި ހިލޭ އުކައިދޭ ގޮތަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ކެންދޫ ކައުންސިލުން ބުނީ މިރޯދަ މަހުގެ އިނާޔަތެއްގެ ގޮތުން އެރަށުގެ ގޭ ބިސީތަކުން ކުނި އުކައިދިނުމަށް ކޮންމެ މަހަކު ފީގެ ގޮތުގައި ނަގާ 100 ރުފިޔާ މިމަހު ނުނަގާނެ ކަމަށެވެ.
އަދި ކުރިން މޭ މަހަށް ކުނި ފީ ދައްކާފައިވާ ގޭ ބިސީތަކަށް އިތުރު މަހެއްގެ ކުނި ފީ ހިލޭ ކޮށްދެވޭނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި އެހީތައް ވެ އެވެ.