އޭދަފުށީގެ ރެސްޓޯރަންޓްރަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބެއްލާ ވިސްޓާ ރެސްޓޯރަންޓުން ރޯދަ ވީއްލަން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.
އެ ތަނުން މި ރޯދަ މަހަށް ވަނީ ފަސް މެނޫއެއް، ތަފާތު އެކި އަގުތަކުގައި ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮލަކަށް 99ރ. ޗާޖް ކުރާ ޕެކެޖަކާއި ބޮލަކަށް 120ރ. އާއި 206ރ. ގެ އިތުރުން 230ރ. އާއި 350ރ. ގެ ޕެކެޖްތަކެވެ.
ބެއްލާ ވިސްޓާ އިން ރޯދަ ވީއްލުން ނަގާ އިރު، 9 މީހުންގެ ގްރޫޕެއްނަމަ އިތުރު މީހަކަށް ހިލޭ ރޯދަވީއްލުން ލިބެއެވެ.
ބެއްލާ ވިސްޓާއިން ރޯދަ ވީއްލުން ތަރުޖިބާ ކޮށްލަން ހެނދުނު 10:00 އިން ހަވީރު މެންދުރު 2:00 އާ ދެމެދު އޯޑަރު ކުރެވޭނެ އެވެ. ނަންބަރަކީ 7910297 އަދި 7640099 އެވެ.