ރޯދައަށް މާޅޮހު މަގުތަކަށް ދޮންވެލި ލައިފި

މިރޯދަމަހާ ދިމާކޮށް ބ. މާޅޮހުގެ މަގުތަކަށް ދޮންވެލި އަދި ގޯތިތަކަށް ކަށިވެލިލައި ޒީނަތްތެރިކޮށްފި އެވެ.

ގޯތިގެދޮރަށާއި، ދިރިއުޅޭތަންތަނަށް ދޮންވެއްޔާއި ކަށިވެލި ލުމަކީ އިހުޒަމާނުއްސުރެ ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ ގޮތުން ދިވެހިންގެ އާދަކާދައެއްގެ ގޮތުން ކުރަމުން އައި ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުން މިއާދަ އަންނަނީ ނެތެމުންނެވެ.

މާޅޮހު ކައުންސިލުން ބުނި ގޮތުގައި އެރަށުގެ މަގުތަކަށް ވެތުވެދިޔަ އެއްވެސް އަހަރަކުވެސް ދޮންވެލި ނުލާވަރަށް މިއަހަރު ދޮންވެއްޔާއި ކަށިވެލި ވަނީ ލައިފައެވެ.

“މިއީ ވަރަށް އުފާވެރި މަންޒަރެއް. ބޮޑު ހަތަރު ފަސްމަގަކަށް ދޮންވެލި ލާފައިވާއިރުގިނަ ގޭގޭގެ ގޯތިތެރެއަށް ވެސް ވަނީ ކަށިވެލި ލާފައި،” މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކައުންސިލުގެ އެދުމަކާ ނުލައި ވެލި ގަނެގެންނާއި ވެއްޔަށް ގޮސްގެން ދިވެހިންގެ އާދަކާދައިގެމަތިން ވެލިލާފައި އޮތުމުން ރައްޔިތުން މިފަދަ އާދަކާދަތައް ދަމަހައްޓަން މަސައްކަތް ކުރާތީ އެކަމާ ކުފާކުރާ ކަމަށެވެ.

ހަސަތޭކައެއްހާ މީހުންގެ އާބާދީއެއްއޮތް މާޅޮހަކީ ހިތްފަސޭހަ، ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށު ރައްޔިތުންގެ މެހެމާންދާރީގެ ރަނގަޅުވާހަކައަކީ އެރަށަށް ޒިޔާރަތްކުރާ މީހުން ފާހަގަކުރާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހާލަތު

    ބ. އަތޮޅުގަހުރި ފިނޮޅުތަށް ހަލާކުކޮށްފި ވެލިނަގާނަގާ. ފިޔަވަޅު އަޅާނެ ފަރާތެއްނެތް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.