ޓިވެކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޓިވެކްގެ ދަރިވަރުންތަކެއް، އެ ތަނުގެ ކްލާހެއްގައި ބައިވެރިވެގެން.–ފޮޓޯ: ޓިވެކް

ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ހިންގާ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ (ޓިވެކް) ތިންވަނަ ބެޗުގެ ކޯސްތަކަށް އެދުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހަކީ އަންނަމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފަހު ދުވަހެވެ. ނަމަވެސް ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް އަންނަ ހޯމަ ދުވަހާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އަންނަ ޖޫންމަހު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ އިތުރުން ޕްލަންބަރ ކޯހެކެވެ. މި ކޯސްތަކުން ޖުމްލަ 50 ދަރިވަރުންނަށް ދެވަނަ ތިންވަނަ ވެސް ޖާގަ ދޭނެ ކަމަށް ޓިވެކުން ބުންޏެވެ.

18 ހަފްތާގެ މުއްދަތަށް ހިންގާ މި ކޯސްތަކުން އެއްވެސް ކުއްޖެއްގެ އެއްވެސް އަތުން ފީއެއް ނުނަގާނެ އެވެ. އަދި ކިހާދޫގައި ހުންނަ އެ ކެމްޕަހުގައި ހުރިހާ ކަމެއް ވެސް އޮންނާނީ ހިލެ އެވެ. އެގޮތުން ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮންނާނެ ކަމަށް ޓިވެކުން ބުންޏެވެ.

މި ކޯސްތަކަކީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ކޯސްތަކެކެވެ.

ކޯސްޓްލައިނުން މި ކެމްޕަސް ގާއިމުކޮށްފައިވަނީ ކިހާދޫގެ 240،000 ވުރެ ބޮޑު ބިމެއް ނަގައިގެންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ދަރިވަރުން ބައިވެރިވި ޓިވެކްގެ ފުރަތަމަ ބެޗުގެ ކޯސްތައް 44 ދަރިވަރުން ވަނީ ފުރިހަމަކޮށްފަ އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ކިހާދޫގައި ގާއިމުކޮށްފައިވާ ޓިވެކްގެ އޮފީހަށް (ސްޓޫޑަންޓް ސާވިސް 7434324) އަށް ގުޅައޖ ފޯމް އީމެއިލް ވެސް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.