ސީސީ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ޔުނައިޓެޑް ވީ، އެފްސީ ޑޮލަރ، އެފްސީ ސޫޕް އަދި ކަޅުއޮތް ކަޓޫރަ ހޯދައިފި އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އިއްޔެ ހަވީރު އެއްލަކިން އަތުން ޔުނައިޓެޑް ވީ މޮޅުވީ 10- 1 އިންނެވެ. ޑައުން ޓައުން އަތުން 1- 0 އިން އެފްސީ ޑޮލަރ މޮޅުވިއިރު، އެފްސީ ރުއްގަނޑު އަތުން އެފްސީ ސޫޕް މޮޅުވީ 5- 1 އިންނެވެ. ވެލާ ސްޕޯޓްސް އަތުން ކަޅުއޮށް ކަޓޫރަ މޮޅުވީ މޮޅުވީ 2- 1 އިންނެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ޔުނައިޓެޑް ވީ އާ ދެކޮޅަށް ނުކުންނާނީ އެފްސީ ޑޮލަރު އެވެ. އެފްސީ ސޫޕް އާ ދެކޮޅަށް ނުކުންނާނީ ކަޅުއޮށް ކަޓޫރަ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000ރ. އަދި ރަނަރަޕް ޓީމަށް 2،000ރ. ވަނީ ހުށަހަޅައިފަ އެވެ.
މިއީ ކިހާވަރެއްދީގެން ޖަހާފައިވާ ފޮޓޯއެެއް…..