ބ. އަތޮޅުގެ ‘މަންތާ ފެސްޓިވަލް’ މި އަހަރު އޭދަފުށީގައި

މިދިޔަ އަހަރުގެ މަންތާ ފެސްޓިވަލުގެ ތެރެއިން- ފޮޓޯ/ މަންތާ ޓްރަސްޓް

ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަތޮޅު ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން  ބާއްވާ މަންތާ ފެސްޓިވަލް މިއަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން ބައިވެރިވެގެން ‘ބ. އަތޮޅު މަންތާ ފެސްޓިވަލް’ ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރުމަހުތެރޭ އޭދަފުށީގަ އެވެ.  

 މަންތާ ފެސްޓިވަލަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރުމުގެ މުއްސަނދިކަމާ، މިތަންތަނުގައި އުޅޭ ދިރޭ ތަކެތި ރައްކާތެރިކޮށް ޙިމާޔަތްކުރުމާބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރުމުގެ މަޤްޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި ބ. އަތޮޅުގެ ތިމާވެށިގެ މައުލޫމާތާއި މަންތާ ނުވަތަ އެންމަޑިއާބެހޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.

މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މި ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ މިފެސްޓިވަލުގައި ބ. އަތޮޅުގެ ގިނަ ރިސޯޓުތަކުގެ އިތުރުން މިއަތޮޅުގެ ސްކޫލުތަކުން ވެސް ބައިވެރިވާނެ އެވެ.

މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ ފެސްޓިވަލް މިދިޔަ އަހަރު ބޭއްވީ ދަރަވަންދޫގަ އެވެ.

މި ފެސްޓިވަލުގެ ޒަރިއްޔާއިން މި ޞަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނާ، ރިސޯޓުތަކުގެ މުވައްޒަފުންގެ މެދުގައި މަޑިފަދަ ދިރުންތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.