ކިހާ މޯލްޑިވްސް އިން ހާއްސަ ޕްރައިވެޓް ވިލާތަކެއް ހުޅުވައިފި

ބ. އަތޮޅުގައި ހިންގަމުން އަންނަ ކިހާ މޯލްޑިވްސް ރިސޯޓްގައި ހާއްސަ ޕްރައިވެޓް ވިލާތަކެއް ހުޅުވައިފި އެވެެ.

ކިހާ މޯލްޑިވްސް އިން ބުނިގޮތުގައި ތަފާތު ތަޖުރިބާއެއް ކޮށްލެވޭ ގޮތަށް ހަދާފައިވާ އެ ރިސޯޓުގެ “ސިގްނޭޗާ ރެޒިޑެންސް” ތަކުގެ ގޮތުގައި ފާހަގަކުރެވޭ 10 ރޫމަކީ ވަރަށް ބޮޑަށް ޕްރައިވެސީ ލިބޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. އެގޮތުން ކޮންމެ ރޫމަކުން ވެސް ވަކި ރިސޯޓެއްގެ އިހްސާސްކުރެވޭނެ އެވެ. އަދި މި ރޫމްތައް ތައްޔާރުކޮށްފައިވަނީ ފައިވް ސްޓާ ފެންވަރަށް އެންމެ ޒަމާނީ ހިދުމަތްތަކާ އެކު ކަމަށް އެ ރިސޯޓުން ބިނެފައިވެ އެވެ.

މި ވިލާތައް އާއިލާތަކާއި އެކުވެރިންނަށް ވެސް ހާއްސަވާނެ ކަމަށް ކިހާ މޯލްޑިވްސް އިން ބުނެފައިވެ އެވެ.

އެގޮތުން ކޮންމެ ވިލާއަކަށް ސްވިމިން ޕޫލަކާއި އައުޓްޑޯ ޖަކޫސީއެއްގެ އިތުރުން ލަގްޒަރީ ޔޮޓަކާއި ޕްރައިވެޓް ބީޗެއް ވެސް ލިބޭނެ އެވެ. އަދި ސޯނާއެއްގެ އިތުރުން ސްޓީމް ރޫމެއް ވެސް ހިމެނެ އެވެ.

ކިހާ މޯލްޑްވިސް އިން ބުނީ މި ވިލާތަކަށް ހާއްސަ ސަރަހައްދުން ނުނިކުމެ، ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ހާއްސަ ވިލާތަކުގެ އިތުރުން ކިހާ މޯލްޑީވްސްގައި 124 ވިލާ ހިމެނެ އެވެ.null

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.