ފެނަކަ އާއިލީ ޤުރުއާން މުބާރާތް ފަށައިފި

ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ

ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް އޭދަފުށީގައި ފަށައިފި އެވެ.

އޭދަފުށީގައި މިއަދު ހެނދުނު ފެށީ މި މުބާރާތުގެ ނ. ރ. ބ އަދި ޅ އަތޮޅުގެ ބައިވެރިންގެ ކިޔެވުމެވެ. މި މުބާރާތުގައި ސާޅީހަކަށް މީހުން ބައިވެރިވެ އެވެ.

މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވަނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުންދަށް، އަދި ފެނަކަ މުވައްޒަފުންނަށެވެ. ކޮންމެ ޢުމުރުފުރާއަކުން ދެގޮފި ވަކީން އެއްވަނަ ދެވަނަ ތިންވަނާ ހޮވާނެއެވެ. ދެގޮފި ވަކިން ވަނަތައް ހޯދާ މީހުންނަށް އިނާމަކަށް ޓްރޮފީއާއި ސެޓުފިކެޓު ލިބޭނެއެވެ. އަދި ދެ ގޮފި އެއްކޮށް އެއްވަނަ ދެވަނަ ތިންވަނާ ހޮވާނެއެވެ. ވަނަތައް ޙާސިލްކުރާ ފަރާތްތަކަށް ޓްރޮފީއާއި ސެޓުފިކެޓާއި ފައިސާގެ އިނާމް ލިބޭނެއެވެ.

ފެނަކައިން ކުރިއަށްގެންދާ މި މުބާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ޤުރުއާނަށް ލޯބި ޖައްސައި ޅަދަރިންގެ ހިތުގައި ޤްރުއާން ކިޔެވުމުގެ ރޫހު އާލާކުރުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށްގެންދާ މުބާރާތެކެވެ. އެގޮތުން ފެނަކައިގެ ހަތަރު ބްރާންޗެއްގައި މިއަހަރު މި މުބާރާތް ކުރިއަށްގެންދާނެ އެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިއަދު ހަވީރު އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.