ތުޅާދޫއަށް 600 ކިލޯވޯޓްގެ ޖަނަރޭޓަރު ސެޓެއް ގެނެސްފި

ތުޅާދޫއަށް ގެނައި ޖަނަރޭޓަރު ސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަނީ

ބ. ތުޅާދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ޚަރަދުގައި އެރަށު އިންޖީނުގެއަށް ޖަނަރޭޓަރު ސެޓެއް ގެނެސްފި އެވެ.

ފެނަކަ އިން ބުނިގޮތުގައި ތުޅާދޫ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް އެރަށު އިންޖީނުގެއަށް ފޮނުވި 600 ކިލޯވޯޓުގެ ޖެނެރޭޓަރު ސެޓަކީ އެކުންފުނީގެ ޚަރަދުގައި ގަތުމަށް ފަހު ފޮނުވާފައިވާ ޖެންސެޓެކެވެ.

ތުޅާދޫ ކައުންސިލުން ބުނީ  ފެނަކައިން އެރަށް މިއަދު ފޮނުވި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ތުޅާދޫގެ ކަރަންޓު މައްސަލައަށް އަހަރެއް ވެފައިވާ ކަމަށާއި، އަލަށް އިންސްޓޯލް ކުރާ ޖެންސެޓްގެ ސަބަބުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެރަށުން ކައުންސިލުން ބުންޏެވެ.

ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކަރަންޓް މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.