މި ރޯދަ މަހަށް ހާއްސަ ކޮށްގެން “ރޯދަ މޮމެންޓްސް” ގެ ނަމުގައި ދިރާގުން ފޮޓޯ މުބާރާތެއް ފަށައިފި އެވެ.
މިއީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ހަމައެކަނި އިންސްޓަގްރާމް ގައި މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި މުބާރާތް މި އަހަރު ވަނީ އެހެން ސޯޝަލް މީޑިއާތަކަށް ވެސް ފުޅާކޮށްފަ އެވެ.
މި އަހަރުގެ މުބާރާތް އިންސްޓަގްރާމްގެ އިތުރުން ފޭސްބުކާއި ޓްވިޓާގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގާއި ސެމްސަންގް ގުޅިގެން ކުރިއަށް ގެންދާ މި ފޮޓޯ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން، ރޯދަ މަހުގެ އެކި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގެ ޕަބްލިކް އެކައުންޓަކަށް ލުމަށް ފަހު #ރޯދަމޮމެންޓްސް ޖެހުމުން ބައިވެރި ވެވޭނެ އެވެ.
އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތުން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް ސެމްސަންގް އޭ 80 ފޯނެއް ލިބޭނެ އެވެ.
ދިރާގުން ބުނީ މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާ ކަމަށެވެ.