އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ 11.97ރ. އަށް ކަމަށެވެ. ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 11.39ރ. އަށް ހެޔޮކޮށްފަ އެވެ.
މިއީ އެންމެ ފަހުން މި ދެ ބާވަތުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު ޑީސަލް ލިޓަރަކުން 14 ލާރީގެ ހެޔޮވުމެކެވެ. އަދި ޕެޓްރޯލުން 10 ލާރީގެ ހެޔޮވުމެކެވެ.
އެންމެ ފަހުން މިމަހުގެ ތިންވަނ ދުވަހު ތެލުގެ އަގު ބޮޑުކުރި އިރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.49ރ. އެވެ. މިއީ ކުރިން ހުރި އަގާ އަޅާބަލާއިރު 70 ލާރީގެ ބޮޑުވުމެކެވެ. އަދި ޑީސަލް ލިޓަރެއް 12.11ރ. އަށް ބޮޑުކުރި އިރު އެއީ 50 ލާރީގެ ބޮޑުވުމެކެވެ.