އީދާ ދިމާކޮށް ރޯޔަލުގައި ދިވެހިންނަށް ހާއްސަ ޕެކޭޖެއް

އަންނަ ފިތުރު އީދާ ދިމާކޮށް ރޯޔަލް އައިލެންޑް ރިސޯޓުން ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެ ރިސޯޓުން ހާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ރޯޔަލް އިން މިފަހަރު ތައާރަފު ކުރި މި ޕެކޭޖުގެ ދަށުން ޑަބަލް ރޫމަކަށް ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް (2 އަހަރުން ދަށުގެ) ރެއަކަށް ނަގަނީ 2،464ރ. އެވެ.  މީގެ އިތުރުން މި ޕެކޭޖުގެ ދަށުން ތ ތިން އިރުގެ ކެއުމާއި ރިސޯޓުގައި ކުޅެވެން ހުރި ކުޅިވަރުތަކުގައި ހިލޭ ބައިވެރިވެވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

“މިއީ ދެމީހުންގެ ޕެކޭޖެއް. ނަމަވެސް ޕެކޭޖަށް އަދި ދެމީހުން އިތުރުކުރުމުގެ ފުރުސަތު އޮންނާނެ. އެގޮތުން ދެއަހަރުން ދަށުގެ ކުއްޖަކު ގެންދާނަމަ އެކުއްޖާއަށް ހިލޭ ހުރެވޭނެ. އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ގެންދާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 599ރ. އަދި ބޮޑު މީހަކު ގެންދާނަމަ 999ރ. އިތުރަށް ނެގޭނެ،” ރިސޯޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ އިތުރަށް މި ޕްރޮމޯޝަނުގެ ދަށުން ރިސޯޓަށް ދިއުމާއި އެނބުރި އައުމުގެ ދަތުރު ޚަރަދަށް ވެސް ލުއިގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ރިސޯޓުން ބުންޏެވެ.

ބުކިންސް ހަދާލަން ބޭނުން ނަމަ 6600088 އަށް ގުޅުމުން ބުކިންސް ހެދޭނެ އެވެ.

ފަހަކަށް އައިސް ކޮންމެ ބަންދަކާ ދިމާކޮށް ވެސް ރޯޔަލް އައިލެންޑުން ހާއްސަ ޕެކޭޖްތައް ވިއްކައެވެ. އެ ރިސޯޓުން ބުނި ގޮތުގައި އެ ޕެކޭޖްތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.