ފިނޮޅު، 90 މިލިޔަން ޑޮލަރަށް ވިއްކާލައިފި

ކޯސްޓްލައިން އިން ދަ ސްމޯލް މޯލްޑިވްސް އައިލެންޑް އާ ހަވާލުކޮށްގެން ބ. އަތޮޅުގައި ހިންގަމުން ދިޔަ ހިތްގައިމު ރިސޯޓް “ފިނޮޅު”، ޖަރުމަނު ކުންފުންޏަކަށް 90 މިލިޔަން ޑޮލަރަށް (1.4 ބިލިޔަން ރުފިޔާ) އަށް ވިއްކާލައިފި އެވެ. 

މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ރިސޯޓްގެ ހިންގުން ވެސް ވަނީ، އެ ރިސޯޓް ގަތް ސީސައިޑް ހޮޓަލްސްގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ ރިސޯޓް ވިއްކާލިކަން ހާމަކޮށްފައިވަނީ އެ މުއާމަލާތުގެ މެދުވެރިޔާ ނުވަތަ ބްރޯކާ ކުންފުނި، ޖޭއެލްއެލްގެ މެނޭޖިން ޑިރެކްޓަރު ނިހަތު ކެން އެރަކަން ނެރުނު ބަޔާނަކުންނެވެ.

ރާއްޖޭގެ ރިސޯޓްތައް ވިއްކުމުގައި ތަޖުރިބާކާރު ކުންފުނިން ބުނީ، ފޮނޮޅު ވިއްކާލެވުމާ އެކު އެ ކުންފުނީގެ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު ރެކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ 15 ރިސޯޓެއް ކާމިޔާބު ކަމާ އެކު ވިއްކާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ފޮނޮޅު ވިއްކާލުމަކީ އެ ކުންފުނިން ރާއްޖޭގެ ރިސޯޓެއް ޔޫރަޕް ކުންފުންޏަކަށް ވިއްކާލި ފުރަތަމަ ފަހަރެވެ.

ޖުމްލަ 125 ވިލާ އާ އެކު، 2016 ވަނަ އަހަރު ހުޅުވި ރިސޯޓަކީ، އެ ރިސޯޓުގެ ނަމާއި އެއްގޮތަށް ވަރަށް ބޮޑު ފިނޮޅެއް އޮންނަ، ވަރަށް ރީތި ރިސޯޓެކެވެ. މަތީ ފެންވަރުގެ އެ ރިސޯޓުގައި ލެގޫން ވިލާ، އޯޝަން ޕޫލް ވިލާ، ބީޗް ވިލާ، އަދި ބީޗް ޕޫލް ވިލާގެ އިތުރުން ދެ ކޮޓަރީގެ ވިލާތަށް ވެސް ހުރެ އެވެ.

ރާއްޖޭގެ އެހެން ރިސޯޓްތަކާއި ތަފާތުކޮށް، ރެޓްރޯ ލަގްޒަރީ ޑިޒައިނަށް ތައްޔާރުކޮށްފައިވާ އެ ރިސޯޓުގައި ޑައިވް ސެންޓަރާއި، ފިޓްނެސް ސެންޓަރެއްގެ އިތުރުން އައުޓްޑޯ ޖިމަކާއި، ޔޯގާ ޕެވިލިއަނެއް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.