ޒޯން ފުޓްބޯޅަ މުބާރާތް މާދަމާ ހުޅުވައިދޭނީ ކުރެންދޫ އާއި ނައިފަރު ޖުވެނައިލް

އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފަހުގެ ޕްރެކްޓިސްތަކުގައި.– ފޮޓޯ / ނިޔަމި

ވަތަނިއްޔާ ދިވެހި ލީގަށް ކޮލިފައިވުމަށްޓަކައި ކުޅޭ ޒޯން 3 ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން މާދަމާ ހަވީރު ޅ. ނައިފަރު ޖުވެނައިލް އާއި ކުރެންދޫގެ ޓީމް ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިން ބުރާސްފަތި ދުވަހު ފަށާ ގޮތަށް ހަމަޖެހިފައި އޮތް މުބާރާތަށް ކޮލިފައިވި ބައެއް ޓީމްތަކުން ބައިވެރި ނުވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން މިހާރު މި މުބާރާތުގައި ވާދަ ކުރާނީ މާދަމާ ކުޅޭ 2 ޓީމްގެ އިތުރުން އޭދަފުށީ ޔޫތް ސްޕޯޓްސް އާއެކު ޖުމްލަ 3 ޓީމެކެވެ.

މުބާރާތުގެ 2 ވަނަ މެޗްގައި އޭދަފުށީ ޔޫތް ޓީމާ ކުރެންދޫ ބައްދަލު ކުރާނީ ހޯމަ ދުވަހު އެވެ. އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނައިފަރު ޖުވެނައިލް އޭދަފުއްޓާ ވާދަ ކުރާނީ ބުދަ ދުވަހު އެވެ. 3 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލްގައި ވާދަ ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.

މި މުބާރާތަށްޓަކައި އޭދަފުށީގެ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމާއި ދަނޑުގެ ސަރަހައްދު ޒީނަތްތެރި ކުރުމުގެ ގޮތުން އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

މި މުބާރާތުގެ މެޗުތައް ހިނގަމުންދާ ގޮތުގެ އަޕްޑޭޓްތައް އީޓީގެ ވެބްސައިޓްގައި ވަގުތުން ގެނެސްދިނުމަށް މަސައްކަތް ކުރާނަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.