ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރހާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ގަދަވެދާނެތީ ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

އެހެންވެ މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދު މެންދުރު 13:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

ހުޅަނގު މޫސުމުގެ މި ދުވަސްކޮޅާ ދިމާކޮށް އާންމު ގޮތެއްގައި ވެސް ރާއްޖެ އަށް ވިއްސާރަކުރެ އެވެ.

މެދު ތެރެއާއި ދެކުނު އަތޮޅުތަކުގައި އާއްމު ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 12 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.