އެމް-ފައިސާ މެދުވެރިކޮށް މިހާރު ވިލާ ގޭހަށް ވެސް އޯޑަރު ދެވޭނެ

އުރީދޫގެ އެމް- ފައިސާ މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރު ކުރެވޭ ގޮތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

އުރީދޫ އެމްފައިސާ މެދުވެރިކޮށް ވިލާ ގޭސް ފުޅިއަށް އޯޑަރު ކުރެވޭނެ ގޮތް ވިލާ ގޭހާއި އުރީދޫން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ކަސްޓަމަރުންނަށް އެ ހިދުމަތް ތައާރަފްކުރުމަށް އެ ކުންފުނީގެ ހެޑް ކްއާޓާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރަޝީދު އަދި އުރީދޫގެ ސީއީއޯ ނަޖީބް ހާންގެ އިތުރުން އެ ދެ ކުންފުނީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.

“”އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން. މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ޚިދުމަތް. މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުހަބާ ކިޔައި، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން،” އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވި އެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ

“މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެއް. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނޭ. ހަމައެހެންމެ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެ،” އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓާ ކޮށްގެން، އެ ފަސޭހަ ހިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.