ފުލުހުން ކަމަދޫގެ ވިޔަފާރިވެރިން ހޭލުންތެރިކޮށްފި

ބ. ކަމަދޫގައި ގެސްޓް ހައުސްއާއި ވިޔަފާރި ހިންގާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އޭދަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރެއިން، ކަމަދޫގައި ހިންގާ ގެސްޓް ހައުސްތަކާއި އަދި ފިހާރަތަކަށް ޒިޔާރަތްކޮށް ވަނީ މަޢުލޫމާތު ދީފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ވައްކަންކުރާ ފަރާތްތަކަށް އެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަށްދޭންޖެހޭ ކަންތައްތަކާއި ފިހާރަތަށް ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށާއި އަދި ސެކިއުރިޓީ ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ޤާއިމުކޮށްފައި ބެހެއްޓުމުގެ މުހިންމުކަމާއި ގުޅޭގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި އާންމު އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމާއި ގުޅޭގޮތުން ފަތުރުވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އަދި ފަތުރުވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.