ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދަރަވަންދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެންވާރަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަންއެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދުވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ގްރީން ކްލައިމެޓް ފަންޑު އެހީ ލިބިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ދަރަވަންދޫގައި ފެނުގެ ނިޒާމު ގާއިމުކުރާނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑް އާ އެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ އެއް އަހަރުދުވަހުވެ. 29.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އެރަށުގައި ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގ ގާއިމުކުރާނެ އެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.