ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް
ތަގްވާގެ މާތް ކަމާއި އޭގެ މޭވާ
މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީޠާލިބް ވިދާޅުވެފައިވެއެވެ. “ތަގްވާ އަކީ ﷲ ތަޢާލާ ދެކެބިރުވެތި ވުމާއި، ބާވާލެއްވުނު ފޮތަށް ޢަމަލު ކުރުމާއި، މަދު މިންވަރު ގަބޫލު ކުރުމާއި، މަރުވާނެ ދުވަހަށް ތައްޔާރު ވުމެވެ.”
ސޫރަތު އާލުޢިމްރާންގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!”
މި އާޔަތުގެ ތަފްސީރުގައި މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ވިދާޅުވެފައިވެއެވެ. “ތަގްވާ އަކީ ﷲ އަށް އުރެދުން ދޫކޮށްލާ އެކަލާނގެ އަމުރުފުޅު ތަކަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާ ކުރުމާއި، އެކަލާނގެ ޛިކްރު ކުރުމާއި، އެކަލާނގެ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރި ވުމެވެ.” އެކަލާނގެ އަށް ޝުކުރުވެރި ވުމުގެ ތެރޭގައި ކިޔަމަން ގަތުމުގެ ގޮތުން ކުރެވޭ ހުރިހާ ކަމެއް ވަދެއެވެ. އަށް ﷲ ޛިކްރު ކުރުމުގެ މާނައަކީ ހުރިހާ ޙާލަތެއްގައިވެސް ﷲ ހަނދުމަ ކުރުމެވެ. އަދި އެކަލާނގެ އެންމެހާ އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާކޮށް ނަހީ ކުރެއްވި އެންމެހާ ކަންތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.
ޠަލްގު ބިން ޙަބީބް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތަގްވާ އަކީ ﷲ ގެ ދަރުމަ އާއި ޘަވާބަށް އެދިގެން އެކަލާންގެ ޙަޟްރަތަށް ކިޔަމަންތެރިކަން އަދާ ކުރުމާއި، ﷲ ގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވެގެން އެކަލާނގެ ނަހީ ކުރެއްވި އެންމެހާ ކަންތަކުން ދުރުހެލިވެ ރައްކާތެރިވުމެވެ.
މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. “ފުރިހަމަ އަށް ތަގްވާވެރި ވުމަކީ ބައެއް ޙަލާލުކަންތައްވެސް ޙަރާމް ކަމަކަށްވެދާނެތީ ބިރުން ދޫކޮށްލުމާއި އެކު ޛައްރެއްގެ މިންވަރަށްވެސް ﷲ ނުރުއްސަވާނެ ފަދަ ކަމެއް ނުކުރުމަށް މަސައްކަތް ކުރުމެވެ. ސޫރަތުލް ޒަލްޒަލާގެ 7 އަދި 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ﴿٧﴾ وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ﴿٨﴾) މާނައަކީ: “ފަހެ، ذرّ އެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ذرّ އެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.”
ތަގްވާގެ އަހައްމިއްޔަތު
1. ތަވްޙީދުގެ ކަލިމަ އަށް ތަގްވާ އޭ ކިޔޭކަން. (لا إله إلا الله). ސޫރަތުލް ފަތްޙުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّـهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا) މާނައަކީ: “كافر ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسول އާގެ މައްޗަށާއި، مؤمن ތަކުންގެ މައްޗަށް، އެކަލާނގެ حضرة ން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمة އަށް حق ކަން ބޮޑުވެފައި، އަދި އެ كلمة ގެ أهل ވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.”
2. ޢާއްމު ގޮތެއްގައި ﷲ ގެ އެންމެހާ އަޅުތަކުންނަށް ތަގްވާވެރިވުމަށް ވަނީ އަމުރު ކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ތަގްވާވެރިންނަށެވެ. ސޫރަތުއް ނަޙްލުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يُنَزِّلُ الْمَلَائِكَةَ بِالرُّوحِ مِنْ أَمْرِهِ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ أَنْ أَنذِرُوا أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاتَّقُونِ) މާނައަކީ: “އެކަލާނގެ އަޅުތަކުންގެ ތެރެއިން، އެކަލާނގެ އިރާދަކުރައްވާ ބަޔެއްގެ މައްޗަށް، އެކަލާނގެ أمر ފުޅާއެކު، وحى އާއިގެން ملائكة ން ފޮނުއްވަތެވެ. (وحى ކުރައްވަމުންނެވެ.) ތިޔަބައިމީހުން إنذار ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!”
ސޫރަތުލް މުއިމިނޫންގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ) މާނައަކީ: “އަދި ހަމަކަށަވަރުން، މިއީ އެއް أمّة އެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ!”
ސޫރަތުއް ޒުމަރުގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ اللَّـهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ) މާނައަކީ: “(ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!”
ސޫރަތު އާލުޢިމްރާންގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!”
ސޫރަތުއް ނިސާގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا) މާނައަކީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.”
3. ތަގްވާ އަކީ ހުރިހާ ނަބިއްޔުންގެ ވަޞިއްޔަތެއް ކަމަށްވުން.
ސޫރަތުއް ޝުޢަރާގެ 106 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ) މާނައަކީ: “(އެއީ) އެއުރެންނަށް އެއުރެންގެ أخ، نوح ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟”
ސޫރަތުއް ޝުޢަރާގެ 124 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ) މާނައަކީ: “(އެއީ) އެއުރެންގެ أخ، هود ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟”
ސޫރަތުއް ޝުޢަރާގެ 142 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ قَالَ لَهُمْ أَخُوهُمْ صَالِحٌ أَلَا تَتَّقُونَ) މާނައަކީ: “(އެއީ) އެއުރެންގެ أخ، صالح ގެފާނު އެއުރެންނަށް ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟”
ސޫރަތުއް ޝުޢަރާގެ 161 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ) މާނައަކީ: “(އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟”
ސޫރަތުއް ޝުޢަރާގެ 177 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ ) މާނައަކީ: “(އެއީ) އެއުރެންނަށް شعيب ގެފާނު ވިދާޅުވި ހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީހެއްޔެވެ؟”
ސޫރަތުލް ޢަންކަބޫތުގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّـهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: “އަދި إبراهيم ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް تقوى ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”
4. ތަގްވާވެރިކަން ޙާޞިލް ކުރުމަށްޓަކައި ﷲ އަށް އަޅުކަން ކުރުމަށް އަމުރު ކުރެއްވިއެވެ.
ސޫރަތުލް ބަގަރާގެ 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ) މާނައަކީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”
ސޫރަތުލް ބަގަރާގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.”
ސޫރަތުލް އަންޢާމްގެ 153 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ) މާނައަކީ: “އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.”
5. ތަގްވާގެ މަޙައްލަކީ ހިތެވެ. އެއީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަނެވެ. އެގުނަވަން ރަގަޅުވެއްޖެނަމަ އިންސާނާގެ ހުރިހާ ކަމެއް ރަގަޅުވެދެއެވެ. އަދި ގޯސްވެއްޖެނަމަ ހުރިހާ ކަމެއް ގޯސްވެދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ) މާނައަކީ: “ތަގްވާ ވަނީ މިތަނުގައެވެ. މިހެން ޙަދީޘް ކުރެއްވުމަށްފަހު އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރަށް އިޝާރާތް ކުރެއްވިއެވެ.” – ނުނިމޭ-