އައްޑޫގައި އުރީދޫ ކަލަ ރަން ބާއްވާ ތާރީހު ފަސްކޮށްފި

އައްޑޫ ސިޓީގައި އަންނަމަހު 21 ގައި ބާއްވަން ނިންމި އުރީދޫ ކަލަ  ރަން ޖޫން 28 ގައި ބާއްވާގޮތަށް ފަސްކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި މި ބަދަލު ގެނެސްފައި ވަނީ ވީހާވެސް ގިނަ ދުވުންތެރިން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި، ދުވުންތެރިންގެ އެދިލެއްވުމާ އެކު އެވެ.

އުރީދޫން ބުނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައިވެރިވުމާއި އެކު، މިދިޔަ މަހު އުރީދޫ ކަލަރ ރަން އައްޑޫ އިއުލާންކޮށްފައިވަނީ، ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް, އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ.

“ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފައި،” އުރީދޫން ބުންޏެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެއެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވުނު ކަލަރ ރަން އާއި އެއްފަދައިން، އައްޑޫގައި ވެސް ކަލަރ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ. އެގޮތުން، ހަވީރު ބޭއްވޭ ރަންގެ ކުރިއަށް، ހެނދުނު ގަޑީގައި ކައިޓް ފެސްޓިވަލެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އުރީދޫން ބުނި ގޮތުގައި މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.