ދިރާގުން މިއަހަރުވެސް ގުރުއާނާ ބެހޭ މަރުކަޒަށް ބޮޑު އެހީތެރިކަމެއް

ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކީރިތި ޤުރުއަނާ ބެހޭ މަރުކަޒުން، ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާން ކްލާސް ހިންގުމަށް، އެމަރުކަޒަށް މެގަ އެކްސެސް ނެޓްވަރކް ސޮލިއުޝަން ދިރާގުގެ ސީއެސްއާރުގެ ދަށުން މިއަހަރުވެސް ފޯރުކޮށްދީފި އެވެ.

މި ހިދުމަތުގެ ދަށުން މާލޭގައި ހުންނަ މުދައްރިސަކަށް އެހެން ރަށްތަކުގައި ތިބޭ ދަރިވަރުންނަށް ރިމޯޓްކޮށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ތަފާތު ކޯސްތަކުގައި ރަށުގައި ތިބެގެން ބައިވެރިވެވޭނެއެވެ.  

މި ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ  އެއްބަސްވުމުގައި  އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން  ވީޑިއޯ ކޮންފެރެންސިންގް މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. މި 2 ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގައިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެއެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު  ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުވެސް ވަގުތުން ދެއްވޭނެއެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އަތޮޅުތެރޭގައި ތިއްބަވާ ފަރާތްތަކަށް ރަށުގައިތިބެގެން ޑިގްރީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ކަމުގެ ސަބަބުން މުޖްތަމަޢަށް ގިނަގުނަ ފައިދާތަކެއް މި ޕްރޮގްރާމުގެ ޒަރިއްޔާއިން ކުރާނެއެވެ

ޖުމްލަ 91 ދަރިވަރުން މިވަގުތު މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އެއީ 65 ދަރިވަރުންނާއެކު ޤުރުއާން މުދައްރިސް ކަމުގެ ޑިގްރީ ގައި 65 ކުދިން  އަދި އިމާމްކަމުގެ ޑިގްރީ ގައި  26 ދަރިވަރުންނެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.

އަދި ހަމައެއާއެކު ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރާއްޖެ ޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖިޓަލް މުސްތަގްބަލަށް ބޭނުންވާނެ މިފަދަ ހިދުމަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.