ސަލްސާގެ ރޯދަވީއްލުމަށް ބޮޑު ތަރުހީބެއް

ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ހިންގަމުން އަންނަ ސަލްސާ ރިޓްރީޓް ރެސްޓޯރެންޓަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ހިތްގައިމު ރެސްޓޯރަންޓެކެވެ. މި ރޯދަ މަހު މިތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ރޯދަ ވީއްލުމަށް ޚާއްސަ، ފުރިހަމަ ޕެކޭޖުތަކުންނެވެ.

ބުފޭ ސްޓައިލަށް އެ ރެސްޓޯރަންޓްގައި ބޭއްވި ރޯދަ ވީއްލުމުގެ ޕޭކޭޖް ވިއްކީ ބޮލަކަށް 125 ރ. އަށެވެ. އެ ޕެކޭޖްގައި ރޯދަ ވީއްލަން އެންމެ ގިނަ މީހުން ބޭނުން ވާނެ ތަފާތު ވައްތަރުތައް ހިމަނާފައިވެ އެވެ.

އެ ރެސްޓޯރަންޓުން ބުނި ގޮތުގައި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ރޯދަ ވީއްލުމަށް ލިބުނ ތަރުހީބު ވަރަށް ބޮޑެވެ.  އެގޮތުން ބައެއް ދުވަސް ދުވަހު ރެސްޓޯރަންޓް ފުލުވުމުން އެތަނުގެ ބޭރުގައި ވެސް ރޯދަ ވީއްލުން ބާއްވާފައިވެ އެވެ.

“އޭދަފުށީގައި އިތުރުން ކައިރި ރިސޯޓްތަކުން ވެސް މީހުން އާދޭ. އެގޮތުން ހަސަތޭކަ އަށްވުރެ ގިނަ މީހުން ރޯދަ ވީއްލަން އައި، އޭގެ ތެރޭގައި ރިޕީޓެޑް ކަސްޓަމަރުންވެސް ފުދޭ ވަރަކަށް ގިނަ. އެހެންވެ މިއީ ބޮޑު ކާމިޔާބިއެއް ކަމަށް މިބަލަނީ،” ސަލްސާގެ ވެރިޔާ އިބްރާހިމް އާމިރު ބުންޏެވެ.  

މި ރަށުގެ އެންމެ ހިތްގައިމު އެ ރެސްޓޯރަންޓަށް ވަކިވަކި މީހުންނަށް ވުރެ ބޮޑަށް ރޯދަ ވީއްލަން ދަނީ އާއިލާތަކާއި ގްރޫޕުތަކުގެ އިތުރަށް އޮފީސްތަކުގެ މީހުންނެވެ.

ސަލްސާ ރިޓްރީޓުން ބުނީ އަންނަ އަހަރުވެސް އަތްފޯރާ ފަށުގައި މިއަށްވުރެ ވެސް ފުރިހަމަކޮށް އެ ރެސްޓޯރަންޓަން ރޯދަ ވީއްލުންތައް އިންތިޒާމުކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.