ފެހެންދޫ ސްކޫލް ކުދިންގެ ފެރީ އިންޑިއާގެ އެހީގައި ހަމަޖައްސަނީ

ފެހެންދޫ ސްކޫޅު ކުދިން ބޭނުންކުރާ ޑިންގީ

ބ. ފެހެންދޫ ސްކޫލް ކުދިން ކޮންމެ ދުވަހަކު ގޮއިދޫ ސްކޫލަށް ދިއުމަށް ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށްޓަކައި އެ ސްކޫލަށް ޚާއްސަ ފެރީއެއް އިންޑިއާ ސަރުކާރުގެ އެހީގައި ދިނުމަށް ނިންމައިފި އެވެ.

އާބާދީ މަދުވުމުން 2008 ވަނަ އަހަރު ފެހެންދޫ ސްކޫލު ބަންދު ކުރުމާއެކު، އެ ރަށުގެ ކުދިން ދެން ދާން ފެށީ ކައިރީގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. ކުޑަ ޑިންގީއެއްގައި އެ ރަށަށް ދާން ނަގާނީ ހަތް ވަރަކަށް މިނިޓެވެ. އެގޮތުން ކޮންމެ ދުވަހަކު ދެއިރު ކަނޑު ހުރަސް ކުރާ 26 ކުދިން އުޅެ އެވެ. އޭގެ ތެރޭގައި ޕްރީ ސްކޫލު ކުދިން ވެސް ހިމެނެ އެވެ.

އެކަމަކު ހެނދުނު ހައެއް ޖަހާލާކަންހާއިރު ފަށާ އެ ދަތުރު ކޮންމެ ފަހަރަކު ނިޔާމައެއް ނޫނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ސްކޫލްގެ ކުދިންނަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ފެހެންދޫ ސްކޫލްގެ ކުދިން މިހާރު ދަތުރުކުރަނީ ފެހެންދޫ ސްކޫލް ކުދިންގެ ފެރީ ދަތުރުތައް ކުރަމުން ދަނީ، ރ އަތޮޅު ފަސްރިޔާ ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު އެ ސްކޫލަށް 2017 ވަނަ އަހަރު ހަދިޔާކުރި ޑިންގީއެއްގައެވެ އަދި ފެރީގެ ދަތުރުތަށް ކުރުމާއި ހަވާލުކޮށްފައިވަނީ  ބ. ގޮއިދޫ ސްކޫލުގެ ޕީ.ޓީ.އޭ އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.