ބީއެމްއެލް އިން އަށް ރަށެއްގައި އީދު ސައި ބާއްވައިފި

އަތޮޅު ތެރޭގެ 8 ރަށެއްގެ ރައްޔިތުންނާއެކު ބީއެމްއެލް އިން އީދު ސައި ބާއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ ކުޑަ އީދު ވިޔަސް އަދި ބޮޑު އީދު ވިޔަސް އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަން ކަމަށެވެ. މި އެކުވެރިކަން އާލާކޮށް، މުޖުތަމުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި މިފަހަރު އީދު ސައިގައި ބީއެމްއެލް އިން ބައިވެރިވެ 8 ރަށެއްގައި ބޭއްވި އީދު ސަޔަށް އިތުުރު ފުރިހަމަ ކަމެއް ގެނެސްދީފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ އީދު ސައި މިއަދު ބާއްވާފައިވަނީ ހއ. ހޯރަފުށި، ށ. ފުނަދޫ، ނ. ހޮޅުދޫ، ޅ. ނައިފަރު، އއ. ރަސްދޫ، ވ. ފެލިދޫ، މ. މުލި، އަދި ސ. ހުޅުމީދޫ ގައެވެ. 

އީދު ސައި އިންތިޒާމްކޮށްފައިވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ފަރުދުންނާ ގުޅިގެން އެފަރާތްތަކުގެ ވަރަށް ފުރިހަމަ އެހީތެރިކަމާއެކުގައި ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.


މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕްބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކުދިބޮޑު އެންމެން އީދުގެ ސައިގައި ބައިވެރިވެ، އެއްކޮށް ސައިބޮއި ވާހަކަ ދައްކާލާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމަށެވެ. އީދުގެ މުނާސަބާތަކުގައި އެންމެން އެއްކޮށް މިގޮތަށް އީދު ސައި ކުރިއަށް ގެންދިއުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

“މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތާނގައިވެސް މިފަދަ ހަރަކާތްތަކެއް ވީހާވެސް ގިނަ ރަށްތަކުގައި ބޭއްވިގެންދިޔުން،” ސައީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.