ޒުވާނުން ނުކުމެ ކުޑަރިކިލު އާސާރީ މިސްކިތް ސާފުކޮށްފި

ކުޑަރިކިލު ބާ މިސްކިތް ސާފުކުރުމުގެ މަސައްކަތުގައި –ފޮޓޯ :ހިއްޗާ ބޮޑުބެރު ގުރޫޕް

ބ. ކުޑަރިކިލުގައި ހުންނަ އާސާރީ މިސްކިތް (ބާމިސްކިތް) އެރަށު ޒުވާނުން ނުކުމެ ސާފުކޮށްފިއެވެ.

އެމަސައްކަތް ކޮށްފައިވަނީ އެރަށުގައި އޮންނަ ޒުވާން ބޮޑުބެރު ގުރޫޕް، ހިއްޗާ ބޮޑުބެރު ގުރޫޕުންނެވެ. އެގުރޫޕުން އެ މަސައްކަތް ކޮށްފައިވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިނިސްޓްރީ އާއި އެރަށު ކައުންސިލާއި ގުޅިގެނެވެ.

ހިއްޗާ ބޮޑުބެރު ގުރޫޕުން ބުނީ، އެ ގުރޫޕް އިސްނަގައިގެން އެމަސައްކަތް ކުރީ އެތަނަކީ މުޅި ރާއްޖޭގައިވެސް ނުފެންނަފަދަ އާކިޓެކްޗާ މަސައްކަތްތަކެއް ހުރި ތަނަކަށްވެފައި އެތަނަށް އަޅާނުލައި ގިނަދުވަސްތަކެއްވެ، މުޅި ތަން ވަރަށް ބޮޑަށް ހަޑިވެފައިވާތީ ކަމަށެވެ. އެހެންކަމުން އެތަން ރީތިކުރަން ވިސްނައި އިއްޔެ އެމަސައްކަތް ކުރީ ކަމަށް އެގުރޫޕުން ބުންޏެވެ.

ކުޑަރިކިލު ބާ މިސްކިތް ސާފުކުރުމުގެ މަސައްކަތުގައި –ފޮޓޯ :ހިއްޗާ ބޮޑުބެރު ގުރޫޕް

އެގުރޫޕުން ބުނީ، އެތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓައި މިނިސްޓްރީގެ އެއްބާރުލުމާއެކު އެމިސްކިތް އަލުން ބިނާ ކުރުމަކީ ޒުވާނުންގެ އުންމީދެއް ކަމަށެވެ.

ކުޑަރިކިލު ބާކިސްކިތަކީ ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެކެވެ. މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރު ހުރެ އެވެ. ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.

ކުޑަރިކިލުގެ ބާމިސްކިތާއި މި ދެ ދޮރަކީ މި ރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ފަންނުވެރި ކަމެވެ. އޭނާގެ ޑިޒައިނެކެވެ. މި މިސްކިތް އިމާރާތް ކުރެއްވީ ވެސް ނައިބުކަލޭފާނެވެ.

އެމިސްކިތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 1989 ވަނަ އަހަރު އެވެ. އެމިސްކިތަށް އަޅާނުލައި ހުރުމުން ވަރަށް ބޮޑަށް ވަނީ ވީރާނާވެފަ އެވެ. އެމިސްކިތުގެ ފުރާޅުވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.