ވިއްސާރައިގައި ކަމަދޫ ފަތްކެޔޮ ދަނޑުތަކަށް ގެއްލުންވެއްޖެ

ވިއްސާރައިގައި ކަމަދޫ ފަތްކެޔޮ ގަސްތަކަށް ގެއްލުންވެފައި– ފޮޓޯ/ކަމަދޫ ކައުންސިލް

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބ. ކަމަދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކަމަދޫ ކައުންސިލުގެ ރައީސް އަހްމަދު ސާޖިދު ވިދާޅުވީ މި ވިއްސާރައިގައި އެރަށުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތްކެޔޮ ގަސްތަކަށް ކަމަށެވެ. އެގޮތުން 200 އެއްހާ ފަތްކެޔޮ ގަސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާޖިދު ވިދާޅުވީ ފަތްކޭލުގެ އާމްދަނީން ކަމަދޫ ރައްޔިތުން ބޮޑު ނަފާއެއް ލިބޭ ކަމަށާއި އެރަށުގެ ކޮންމެ ގެއަކަށް ކަހަލަ ގޮތަކަށް ފަތްކެޔޮ ހައްދަން ބިން ދޫކޮށްފައިވާ ކަމަށެވެ.

“ފަތްކޭލުގެ ވިޔަފާރިއަކީ މީގެ ކުރިން ޔޫއެންޑީޕީގެ އެހީގެ ދަށުން މިރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ކައިރި ރިސޯޓްތަކަށް ކޮންމެ ދުވަހަކު ކެޔޮބޭރު ކުރޭ،” ސާޖިދު ވިދާޅުވި އެވެ.

“ވަރަށް ގިނަ ރައްޔިތުންނަށް ވަނީ އަގު ނުކުރެވޭވަރުގެ ގެއްލުންވެފައި، ގާތްގަޑަކަށް %80 ފަތްކެތޮ ގަސްތަކަށް މިވަނީ ގެއްލުންވެފައި،”

ކަމަދޫ ކައުންސިލުން ބުނީ، ރައްޔިތުންނަ މި ލިބުނު ގެއްލުންތަކަށް އެހީތެރިވެ ދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.