ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް މިއަދު ހެނދުނުގެ ނާސްތާގައި

ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ދޭން މިއަދު ފަށައިފި އެވެ.

މި އަހަރުގެ ފުރަތަމަ ޓާމުގައި އަޖުމަ ބެލުމުގެ ގޮތުން 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމު ވަނީ ފަށައިފައެވެ.

އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ސަކުކާރުގެ ހުރިހާ ސްކޫލެއްގައި އިފްތިތާހްކުރުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނާސްތާތަކުގައި މިވަގުތު އަދި ވަކި ބާވަތްތަކެއްގެ ކާނާ ހުރި ނަމަވެސް، މުސްތަގުބަލުގައި އިތުރު ބާވަތްތައް ތައާރަފް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ދިނުމަކީ އަލަށް ރައްޖޭގެ ސްކޫލުތަކުގައި ފެށި ކަމަކަށްވާތީ މިވަގުތު ކްލާސްރޫމްގައި އެކަން ކުރި ކަަމަށްވިޔަސް ކުރިއަށް އޮތް ތަނުގައި، އަލަށް ހަދާ ސްކޫލުތަކުގައި ކާ މާލަމްތަކާއި ބަދިގެތައް ބިނާކުރާނެ ކަމަށެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ފެށިފަހުން ސްކޫލުކުދިން ފިލާވަޅުތަކަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް މިއަދު ހެނދުނުގެ ނާސްތާގައި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 ދަރިވަރަކު ބުނީ ބައެއް ދުވަސް ދުވަހު ސައި ނުބޮއި ސްކޫލަށް އަންނަ ކަމަށެވެ. އެކަމަކު މިއަދު އެ ސްކޫލުގައި ނާސްތާ ދޭން ފެށުމުން  ހެނދުނުގެ ކިޔެވުން ދެން ފަށާނީ ނާސްތާއަށް ފަހު ކަމަށް އޭނާ ބުންޏެވެ.

ކިޔަވާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.