މާޅޮހުގައި ކުނި ނައްތާލުމަށް މުބާރާތެއް ބާއްވައިފި

މާޅޮހު ސްކޫލް ކުދިންގެ މެދުގައި ބޭއްވި ކުނި ހޮވުމުގެ މުބާރާތުގެ ތެރެއިން— ފޮޓޯ: ސޮނޭވާ ފުށި

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކާއި އެހެނިހެން ކުނި މަދުކޮށް އަދި އަލުން ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް ‘ޒީރޯ ވޭސްޓް ޗެލެންޖް’ ގެ ނަމުގައި ބ. މާޅޮހު ސްކޫލް ކުދިންގެ މެދުގައި މުބާރާތެއް ބާއްވައިފި އެވެ.

އެ މުބާރާތް ބޭއްވީ އެރަށު ސްކޫލުގެ ދަރިވަރުންނާއި ސްކޫލު ޓީޗަރުންގެ އިތުރުން ބެލެނިވެރިންގެ މެދުގަ އެވެ.

މިދިޔަ މޭ މަހު 19 އިން އިއްޔެގެ ނިޔަލަށް ބޭއްވި އެ މުބާރާތުން އެއްކުރި ޕްލާސްޓިކް ކުނި، އަދި ދަޅު ފަދަ ތަކެތި ކިރައި ވަނީ ޕޮއިންޓް ދީފަ އެވެ. މުބާރާތުގެ ވަނަ ހޮވުމަށް ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.

މާޅޮހު ސްކޫލް ކުދިންގެ މެދުގައި ބޭއްވި ކުނި ހޮވުމުގެ މުބާރާތުގެ ތެރެއިން ހޮވި ބައެއް ކުނި— ފޮޓޯ: ސޮނޭވާ ފުށި

އެ މުބާރާތުގައި އެއްކުރި ރީސައިކަލް ކުރެވޭ ބާވަތުގެ ކުނި ސާފުނުކުރާ ނަމަ ދަރިވަރުންނަށް ޕޮއިންޓެއް ނުލިބެ އެވެ. ހޮވާ ދަޅާއި ފުޅި ކަހަލަ އެއްޗެހީގައި ބާކީވެފައި ހުންނަ ކާނާ ފަދަ ތަކެތި އުކާލައި، ދޮވެ ސާފުކުރަން ޖެހެ އެވެ. އެއަށް ފަހު، ރީސައިކަލްކުރަން ގެންދެވެންދެން އެ އެއްޗެހި ގޭގޭގައި ބަހައްޓަން ޖެހެނީ މެހި ފަދަ ސޫފިން ރައްކާތެރިކަން ލިބޭ ގޮތަކަށެވެ.

އެ މުބާރާތުން މޮޅުވާ ގްރޭޑްގެ ދަރިވަރުންނަށް ބ. އަތޮޅުގައި އޮންނަ މަޝްހޫރު ހަނިފަރުގައި މަންތާ ބެލުމަށް ސްނޯކްލިން ދަތުރަކާއި، ސޮނެވާފުށީގެ އޮބްޒާވޭޓަރީގައި އެސްޓްރޮނޮމީ ކްލާހެއް ނަގައިދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ތުއްތު ކުދިންނަށް ސޮނެވާފުށީގެ ކުޑަކުދިންގެ ޕާކް، ޑެން”ގައި އެއް ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބެ އެވެ.

މިއީ ބ. އަތޮޅުގައި އޮންނަ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ސޮނެވާފުއްޓާއި ބ. އަތޮޅުގެ ކިހާދު އާއި ދަރަވަންދޫ އަދި މާޅޮސް ގުޅިގެން ކުރިއަށް ގެންދާ “ނަމޫނާ ބ. އަތޮޅު” މަޝްރޫއުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.