ބޮޑު އީދު މުބާރާތަށް މިއަހަރު ދައުވަތުދޭނީ ހަ ޓީމަށް

މިދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. -- ފައިލް ފޮޓޯ
ދިޔަ އަހަރުގެ ބޮޑު އީދު މުބާރާތުގެ ތެރެއިން. — ފައިލް ފޮޓޯ

 ރާއްޖޭގައި ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ރަށް ބ. އޭދަފުށީގައި މި ފަހަރުގެ ބޮޑުއީދުގައި ބާއްވާ ފުޓުބޯޅަ މުބާރާތަށް ދައުވަތުދޭނީ ހަ ޓީމަށް ކަމަށް މުބާރާތް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށްއުޅޭ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފި އެވެ.

ކޮލަބޯގައި ހުރެ ބައްޓޭ މިރޭ ފޯނުން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މި މަސް ނިމުގެ ކުރިން ޓީމުތަކަށް ދޭނެ ކަމަށެވެ. މި މުބާރާތުގައި މިދިޔަ އަހަރު އަށްޓީމަށް ދައުވަތު ދިންނަމަވެސް މިފަހަރު އަދި ދައުވަތުދިނުމަށް ހަމަޖެހިފައިވަނީ ހަ ޓީމަށް ކަމަށް ބައްޓޭ ބުންޏެވެ

ބައްޓޭ ބުނީ މުބާރާތާުގެ ޗެމްޕިއަންޓީމަށް މިފަހަރު 20،000ރ އާއި 80،000ރ އާ ދެމެދުގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބ. އަތޮޅުގެ ކުރީގެ އަތޮޅުވެރިއެއް ކަމަށްވާ މަރްހޫމް އިސްމާއިލް ކަލޭގެފާނުގެ ހަނދާނުގައި ބާއްވާ ފުޓްބޯޅަ މުބާރާތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ މަޝްހޫރު ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ފެނިގެންދެ އެވެ.

އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅާއި 90ގެ ކުރީ ކޮޅު ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުން ފާހަގަ ކުރެވުނު އޭދަފުށިން ވަނީ ރާއްޖޭގެ މަޝްހޫރު އެތައް ކުޅުންތެރިންނަށް އުފެދިފަ އެވެ. އޭގެ ތެރޭގައި މުހައްމަދު ޖަމީލާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަހުމަދު ޝާފިއު (ޝާފީ) އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ. އޭދަފުށި ފުރަތަމަ ޑިވިޝަނުން ކެޓީ 1992 ވަނަ އަހަރު މަޝްހޫރު ހުއްރިއްޔާ އަތުން ބަލިވެގެންނެވެ. އެ ރަށުގެ ޓީމު ވަނީ ކުރިން އެއް ފަހަރު ގައުމީ މުބާރާތުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ihusaash

    ސަންސެޓް އަށް ދައުވަތު ނުދީފީޔާމު، ރެޑް.ވޭވް، ސަލީމު ގާތު ބުނޭ ޕީޕީ އެމްގެ ވަސް އޭދަފުށިން ފޮހެލާނަމޭ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.