ޓެެލެކޮމް އޭޝިއާގައި އުރީދޫ އެމް-ފައިސާ އަށް އެވޯޑެއް

ޓެެލެކޮމް އޭޝިއާ 2019 ގައި އުރީދޫގެ ޑިޖިޓަލް ޕޭމަންޓް އެޕް، “އެމް-ފައިސާ” އަށް “މޯސްޓް އިނޮވޭޓިވް މޮބައިލް ޕޭމަންޓް ސާވިސް” އެވޯޑު ލިބިއްޖެ އެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފަސޭހަ ކަމާއެކު ކުރަން ފަހިކޮށްދޭ ހިދުމަތެކެވެ.

އޭޝިއާގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އުފެއްދުންތެރި ކުންފުނިތަކުގެ އަގު ވަޒަން ކުރާ މި އެވޯޑުގައި، އުރީދޫ ވަނީ ތިން ކެޓަގަރީއަކުން ފައިނަލިސްޓެއްގެ ގޮތުގައި ޝޯޓްލިސްޓް ވެފައެވެ.

  • ބެސްޓް އެމާޖިން މާކެޓް އޮޕަރޭޓާ
  • މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް
  • މޯސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ

“މި ލިބުނު އެވޯޑުން ހިތްވަރު ލިބި، އުރީދޫން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ، ޑިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޙަޔާތަށް އިތުރު ފާގަތިކަން ގެނެސްދޭ ޚިދުމަތްތަކާއި ޓެކްނޮލޮޖީތަކެއް ފޯރުކޮށްދިނުމަށް.” އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.