ފުރަތަމަ މެޗް ޖުވެނައިލް ކާމިޔާބުކޮށްފި

ކުރެންދޫ ހަފްސީ ސްޕޯޓްސް އަދި ނައިފަރު ޖުވެނައިލް ސްޕޯޓްސް ބައްދަލުކުރާ މެޗްގެ ފޮޓޯ/ ފޮޓޯ: ނިޔަމި

މިހާހިސާބުން މިމެޗްގެ ކަވަރޭޖް ނިމުނީ.

މިމުބާރާތުގައި ދެންއޮންނާނީ ހޯމަދުވަހު އޭދަފުށީ ޔޫތް ސްޕޯޓްސްއާ، ކުރެންދޫ ހަފްސީ ބައްދަލުކުރާ މެޗް.

6:10 ޖުވެނައިލް މެޗް ކާމިޔާބުކޮށްގެން މުބާރާތުގެ ފުރަތަމަ މެޗް ނިމިއްޖެ. ފައިނަލް ސްކޯއަކީ ނައިފަރު ޖުވެނައިލް 3 ކުރެންދޫ ހަފްސީ 1 ލަނޑު

6:08 ކުރެންދޫ ހަފްސީން ފުލުފުލުގައި ޖުވެނައިލް ގޯލަށް ފޮނުވަލި ތިންހަމަލާވެސް ގޯލާ އަމާޒުނުވެ ބޭރަށް ހިނގައްޖެ. އެޓީމްގެ ހުރިހާ ކުޅުންތެރިންވެސް މިހާރު ކުޅެމުންދަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން.

6:05 ޖުވެނައިލްގެ ދެވަނަލަނޑުޖެހި ޖޯޒީނަމްބަރ 9 ރަމީޒް ބޭލުމަށްފަހު އެޓީމްގެ 16 ނަމްބަރު ކުޅުންތެރިޔާ ކުޅެން އަރައިފި.

5:59 ޖުވެނައިލްގެ 3 ވަނަލަނޑު އެޓީމްގެ ކެޕްޓަން ޖޯޒީނަމްބަރ 8 އަހްމަދު ނާފިއު ޖަހައިފި. މިހާރުގެ ސްކޯއަކީ ޖުވެނައިލް 3 ހިންނަވަރު ހަފްސީ 1

5:45 ޖުވެނައިލްގެ ޖޯޒީނަމްބަރު 7 ގެ ބަދަލުގައި ޖޯޒީނަމްބަރު 5 ކުޅެން އަރައިފި. އަދި ޖުވެނައިލްގެ ޖޯޒީނަމްބަރު 25 ސައިފްއަށް އިނިޔާވެގެން ބޭލުމަށްފަހު ޖޯޒީނަމްބަރު 19 ކުޅެން އަރައިފި. ސަޕޯޓަރުންގެ އަދަދު މިހާރު 300 އަށްވުރެ ގިނަކަމަށް ފާހަގަކުރެވޭ.

5:35 ކުރެންދޫ ޓީމުން ފުރަތަމަ ލަނޑު ޖަހައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރާމިޒް. މިހާރުގެ ސްކޯއަކީ ޖުވެނައިލް 2 ހަފްސީ 1. ވިއްސާރަ ހުއްޓާލާފައިވާތީ މިހާރު ސަޕޯޓަރުން ދަނީ އިތުރުވަމުން. މިހާފުގައި ކުޅުންރަނގަޅީ ކުރެންދޫ ހަފްސީ.

5:30 ޖުވެނައިލް ސްޕޯޓްސް އިން ދެވަނަ ލަނޑު ޖަހައިފި. ލަނޑު ކުޑައޭރިޔާތެރެއިން މިލަނޑުޖެހީ ޖުވަނައިލްގެ ޖޯޒީނަމްބަރު މެހެރީން އަހްމަދު. މިހާރުގެ ނަތީޖާއަކީ ޖުވެނައިލް 2 ކުރެންދޫ 0

5:27 ދެވަނަހާފް ފެށުނުތަނާހެން ވާރޭވެހުން ހުއްޓާލައިފި. އެހެންނަމަވެސް ދަނޑުގައިފެންހެދިފައި ހުރުމުގެސަބަބުން ކުޅުންތެރިންނަށް ކުޅުމަށް އުނދަގޫފޯރަމުންދާކަން ފާހަގަކުރެވޭ.

5:19 ދަނޑަށް ވަރަށްބޯކޮށް ވާރޭވެހެމުން ދާތީ ދަނޑުގެ އެކިހިސާބުތަކުގައި މިހާރުވަނީ ފެންގަނޑު ހެދިފައި. ދެވަނަހާފް ފެށުމަށް ކުޅުންތެރިން ދަނޑަށް އަރައިފި. ވިއްސާރައިގެ މިހާރު ކުޅިބަލަން އައިސްތިބި ގިނަބަޔަކު ވަނީ ގެއަށް ގޮސްފައި. މެޗް ފެށުނު ވަގުތު 300 އެއްހާ ކުޅިބެލުންތެރިން ތިބި އެހެންނަމަވެސް މިހާރުތިބީ 100 އެއްހާ މީހުން

5:05 މިހާރު ދަނޑަށް ގަދަވަޔައެކު ވާރޭވެހެން ފަށައިފި. އަދި މެޗްގެ ފުރަތަމަ ހާފްގެ ކުޅުންވެސް ނިމިއްޖެ.

5:00 ނައިފަރު ޖުވެނައިލްގެ 10 ނަމްބަރ ނަދީމް ކުޑައޭރިޔާތެރެއިން ކުރެންދޫ ހަފްސީ ގޯލަށް ދިންހަމަލާ ކީޕަރު ދިފާއުކޮށްފި. އަދި ނައިފަރު ޖުވެނައިލްގެ ޖޯޒީނަމްބަރ 7 އަބްދުﷲ ހަސަން އަށް ރީދޫކާޑެއް ދައްކައިފި. އަދިވެސް ކުޅުން ރަނގަޅީ ޖުވެނައިލް. އެހެންނަމަވެސް ކުރެންދޫގެ ކުޅުން ކުރިއަށްވުރެ މިހާރު ރަނގަޅުކަމަށް ފާހަގަކުރެވޭ

4:48 ޖުވެނައިލް ސްޕޯޓްސް ކްލަބުން ފުރަތަމަ ލަނޑު ޖަހައިފި. މިލަނޑުޖެހީ އެޓީމްގެ ޖޯޒީނަމްބަރ 10 މުހައްމަދު ނަދީމް. މިހާރުގެ ނަތީޖާއަކީ ހަފްސީ ސްޕޯޓްސް 0 ޖުވެނައިލް1 ލަނޑު.

4:39 މިހާރު އުޑުމަތީގައި ވިއްސާރަ ވިލާގިނަވެ ދަނޑަށްވަނީ ކުޑަކޮށް އަނދިރިވާން ފަށާފައި. އަދިވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅޭތަން ފެންނަނީ ޖުވެނައިލް. އެހެންނަމަވެސް ކުރެންދޫ ގޯލަށް އަދި މާނުރައްކާ ހަމަލާތަކެއް ޖުވެނައިލްގެ ކުޅުންތެރިންނަށް ފޮނުވާލެވޭގޮތްވަނީ ނުވެފައި.

4:30 މެޗްގެ މިހާތަނަށް ކުޅެވުނު 10 ވަރަކަށް މިނެޓަށް ބަލާއިރު ކުޅުން ވަރުގަދަކަމަށް ފެންނަނީ ނައިފަރު ޖުވެނައިލް ސްޕޯޓްސް. އެހެންނަމަވެސް އެއްވެސް ޓީމަކަށް އަދި މާރަނގަޅު ހަމަލާއެއް ނުއުފެއްދޭ

4:19 މެޗް ފެށިއްޖެ. ދަނޑުގެ ދެކުނުކޮޅުގައި ތިބީ ކުރެންދޫ ހަފްސީ. އުތުރުކޮޅުގައި ޖުވެނައިލް ސްޕޯޓްސް. މެޗް ފެށީ ހަފްސީ ސްޕޯޓްސް.

ވަތަނިއްޔާ ދިވެހިލީގަށް ކޮލިފައިވުމަށް ކުޅެވޭ ޒޯން 3 ފުޓްބޯޅަ މުބާރާތް ފެށުމަށްޓަކައި އޭދަފުށީގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ސަރަހައްދުވަނީ ދިދަފަތިން ޒީނަތްތެރިކޮށްފައި. މިމުބާރާތުގައި ވާދަކުރާ ތިންޓީމަކީ ބ. އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބް، ޅ. ކުރެންދޫ ހަފްސީ ސްޕޯޓްސް ކްލަބް، އަދި ނައިފަރު ޖުވެނައިލް ސްޕޯޓްސް ކްލަބް. މިމުބާރާތް މިދިޔައަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބާއްވާގޮތަށް ހަމަޖެހިފައިމިވަނީ ބ. އޭދަފުށީގައި.
3:40 މެޗްފެށުމަށްޓަކައި ދެޓީމްގެ ކުޅުންތެރިންނާ އޮފިޝަލުން ދަނޑަށް ހާޝިރުވަމުން އެބަދޭ. ހަވީރު 4 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ހުޅުވައިދެއްވާގޮތަށް ހަމަޖެހިފައިވަނީ ބ. އަތޮޅު އޮފީހުގެ ޒިންމާދާރު އިސްވެރިޔާ އަބްދުލްބާގިރު އަހްމަދު.
މިއަދު އޭދަފުށީގެ މޫސުމަށް ބަލާލާއިރު އުޑުމަތި ބަނަވެފައި، ވައިގަދަ، އެހެންނަމަވެސް މިވަގުތު ވާރޭއެއް ނުވެހޭ. އަވިދޭ

ލައިވްކަވަރޭޖް: އޭދަފުށި ރަސްމީ ފުޓްބޯޅަ ދަނޑުން އަބްދުލްޤައްޔޫމް، ތޯރިގް އަބްދުއްރަހްމާނު، އަދި އަހްމަދު ނާސިރު

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.