ބ. އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްބޯޅަ މުބާރާތެއް

ބ. އަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން، ބ. އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްބޯޅަ މުބާރާތެއް ފަށަން ތައްޔާރުވެއްޖެ އެވެ.

“ބ. ފުޓްބޯލް ޗެލެންޖު”ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 1-20 އަށް އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގައި މިއަތޮޅުގެ އެގާރަ ރަށަކުން ބައިވެރިވެ އެވެ. އެއީ އޭދަފުއްޓާއި، ކުޑަރިކިލު، ކިހާދޫ، ކެންދޫ، މާޅޮސް، ދޮންފަނު، ދަރަވަންދޫ، ހިތާދޫ، ތުޅާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ.

ލަނޑާގިރާވަރު ރިސޯޓްގެ އޮފިޝަލު ވިދާޅުވި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދަންކަން ނުޖެހޭ ކަމަށެވެ. އަދި ރަށްރަށުން ބައިވެރިވާ ޓީމުތަކުގެ ދަތުރުފަތުރު އެ ރިސޯޓުން ހަމަޖައްސައިދޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އަދި ދެ ވަނަ ޓީމަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ.

މުބާރާތުގެ ޝެޑިއުލް


މިއީ މި އަތޮޅަށް ހުޅުވާލައިގެން އެ ރިސޯޓުން މި މުބާރާތް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެ ރިސޯޓުން ބުނީ މުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ރޫހު އާލާކޮށް ހުނަރުވެރި ޒުވާން ކުޅުންތެރިން އުފައްދައި ކުޅިވަރުގެ ގުޅުން ރަށްތަކުގައި ބަދަހި ކުރުން ކަމަށެވެ. މިއާއެކު މުޅި ރާއްޖޭގެ ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމަކީ ވެސް މި މުބާރާތް އެ ރިސޯޓުން އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންނި އެއްމެ ބޮޑު އެއް ބޭނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.