ބީއެމްއެލްގެ ނަމުގައި އަނެއްކާވެސް އޮޅުވާލުމުގެ ކޯލްތަކެއް!

ބީއެމްއެލްގެ ނަމުގައި އޮޅުވާލުމުގެ ކޯލްތަކެއް ކަސްޓަމަރުންނަށް ބަޔަކު ގުޅަމުން ދާތީ އެފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން ބުނީ ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ކުންފުނި އަދި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މަޢުލޫމާތާއި ސެކިޔުރިޓީ ކޯޑު އަދި ޕިން ހޯދަން މަސައްކަތްކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.  އަދި ފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބޭންކުން ބުންޏެވެ.

” މިފަދަ ޢަމަލުތައް ހިންގާފަރާތްތަކުން ކުރަމުންދާ މަސައްކަތާއި އަޅާބަލާއިރު ނިސްބަތުން މަދު ބަޔަކަށް ގެއްލުން ލިބުނުކަމުގައިވިޔަސް އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން މިކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައިވެސް މިފަދަ ކަންކަމުން ރައްކާތެރިވުމެވެ. އަދި ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމެވެ.،” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށްވެސް ނޭދޭނެ ކަމަށެވެ. އަދި އެފަދަ ކޯލްތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށް ވެސް ބޭންކުން އިލްތިމާސްކުރަމެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންވީ މުހިންމު ކަންތައްތައް:

  • އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާނުކުރުން
  • ކަސްޓަމަރުންނަށް އަންނަ މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ

އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން.

  • އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ މުޢާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް އައު ކާޑެއް ހެއްދުން.

ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، ބޭންކުން އަންނަނީ ދޭތެރެ ދޭތެރެއިން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ. އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރު، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަން އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ. އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް ފޮނުވާ އީމެއިލް ތަކަށް ޖަވާބު ނުދިނުމަށްވެސް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.