ކިހާދޫ ސްކޫލުގެ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އައްޑޫއަށް

ކިހާދޫ ސްކޫލުގެ ދަރިވަރުން އައްޑޫ ހައި ސްކޫލުގައި އެ ސްކޫލުގެ ދަރިވަރުންނާއެކު ފޮޓޯއެއް ނަގަން މަޑުކޮށްލައިގެން.– ފޮޓޯ: ކިހާދޫ ސްކޫލް

ބ. ކިހާދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި މިއަދު އައްޑޫ ސީޓީއަށް ހިނގައްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ 12 ދަރިވަރުންނާއި ދެ ބެލެނިވެރިންގެ އިތުރުން އޮފިޝަލަކުވަނީ ބައިވެރިވެފައެވެ.

ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު މިއަދު “އީޓީ” އަށް ވިދާޅުވި ގޮތުގައި މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރާ ދަތުރަކީ ބޭނުމަކީ އެ ސްކޫލުގެ ދަރިވަރުންނަށް ތާޜީހީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ތަފާތު މާހައުލެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ކިހާދޫ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން، އެއާޕޯޓްގައި ފޮޓޯއެއް ނަގަން މަޑުކޮށްލައިގެން.– ފޮޓޯ: ކިހާދޫ ސްކޫލް

ކިހާދޫ ސްކޫލުގެ ދަރިވަރުން އައްޑޫއަށް ކުރާ މި ދަތުރުގައި، އައްޑު އަތޮޅުގެ ސްކޫލުތަކަށާއި  އަތޮޅުގައި ހުރި ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތުވެސް އެއްކުރާނެއެވެ. އެގޮތުން ހިތަދޫގައި ހުންނަ ކުރީގެ އީސީސީ އަށާއި ތަކުރުފާނު މިސްކިތަށާއި މަރަދޫ ބޮޑުގެ އަށާއި ގަމުގައި ހުންނަ އިނގެރޭސިންގެ މޮނިއުމަންޓުގެ އިތުރުން އިކުއޭޓާ ވިލެޖަށާއި އައްޑޫ ނޭޗަ ޕާކަށް ޒިޔާރަތް ކުރާނެ އެވެ.

މީގެ އިތުރުން މިދަތުރުގައި ސަރަފުއްދީން ސްކޫލުގައި ދަރިވަރުންނަށް ސައިންސް އަދި އެކައުންޓީން މާއްދާއާގުޅޭ ސެޝަންތަކެއް ވެސް ކުރިއަށްދާނެ ކަމަށް ޒުބައިރު ވިދާޅުވި އެވެ.  

ޒުބައިރު ވިދާޅުވީ މިދަތުރަށް އައްޑޫ ހައި ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.