
ޕްރޮގްރެސިވް ފާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޖަގަހައެއް ބ. އޭދަފުށީގައި މިއަދު ހުޅުވައިފި އެވެ.
މިރަށު ހުޅަނގު ސަރަހައްދު ސަބްނަމު މަގުގައި ޕީޕީއެމް “ޒުވާނުންގެ ޖަގަހަ” ހުޅުއްވައިދެއްވީ މިއަދު ހަވީރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ.
ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އޭދަފުށީން ޕީޕީއެމްގެ މިފަދަ ޖަގަހައެއް ތައްޔާރުކޮށް ހުޅުވިގެން ދިއުމަކީ މި މަސައްކަތަށް ލިބިގެންދިޔަ ވަރަށްބޮޑު ބާރެއް ކަމަށެވެ.
ޕީޕީއެމްގެ ރަނިންމޭޓް ޑރ ޖަމީލް ރ އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވަމުން މާލެ ވަޑައިގެންނެވި މަގުމަތީގައި އޭދަފުއްޓަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު އާފަލު ގަސް ސަރަހައްދަށް (އިރުމަތީކޮޅު ޕާކް ކަންމަތި) ޒިޔާރަތް ކުރުމަށްފަހު ޖަމީލު ވަނީ މިރަށުން ފުރާވަޑައިގެންފަ އެވެ.
އަހަރެން ބޭނުން އާފަލުގަހަށް ނަން ދިން މީހަކަށް ޙާއްޞަ އިނާމެއް ދޭން. މިއީ ވަރަށް ތާރީޙީ އަދި އުފެއްދުންތެރި ނަމެއް!!!