ގޮއިދޫ މުއައްސަސާތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދައިފި

މުބާރާތުގެ ޗެމްޕިއަން ފެނަކަ ޓީމް

ބ. ގޮއިދޫ މުއައްސަސާތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކަން ގޮއިދޫ ފެނަކައިން ހޯދައިފިއެވެ.

ފެނަކައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ފައިނަލްގައި ގޮއިދޫ ކައުންސިލާއި ބައްދަލުކޮށް 10-2 ން މޮޅުވެގެންނެވެ.

ކޮންމެ އަހަރަކުވެސް ގޮއިދޫގައި ކުރިއަށް ގެންދާ މި މުބާރާތުގައި މި ފަހަރުވެސް  3 ޓީމު ބައިވެރިވިއެވެ. އެއީ ފެނަކަ އާއި ރަށު ކައުންސިލުގެ އިތުރުން ސްކޫލާއި ސިއްހީ މަރުކަޒު އެކުވެގެން ހަދާފައިވާ ޓީމަކުންނެވެ.

ރަނާއަޕް ޓީމް

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ޝައްމޫން ޖަމީލެވެ. އޭނާ މި މުބާރާތުގައި މުބާރާތުގައި 11 ގޯލް ވަނީ ޖަހައިފަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ފެނަކަޓީމުގެ ޝައްމޫން ޖަމީލް އާއި ހަސަން ނިޒާމް، ކައުންސިލް ޓީމްގެ އިބްރާހިމް ނިޔާޒް އާއި އިބްރާހިމް ޝާނީޒް އަދި ސިއްޙީ މަރުކަޒުން އަޙްމަދު ވިޝާމް އެވެ. 

ކޮންމެ އަހަރަކު މުއައްސަސާއަކުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް މިފަހަރު އިންތިޒާމް ކޮށްފައިވަނީ ސިއްޙީ މަރުކަޒުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.