ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް “ކައިލް އާއި ލުލޫ” ގެ ހާށަވިޔަނި

ދިރާގު ޓީވީއިން ކުޑަކުދިނަނަށް ހާއްސަ ދިވެހި 2ޑީ އެނިމޭޓެޑް ކާޓޫން ސީރީޒް “ކައިލް އާއި ލޫލޫ” ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ބަލާލެވޭނެއެވެ. މި ޝޯވ އަކީ ކުޑަކުދިން ގަޔާވާ ފިލާވަޅުތަކާއި ގޭމްތަކުގެ ތެރެއިން “ހާށަވިޔަނި” ނުވަތަ އަކުރު އުނގެނުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ތައްޔާރު ކޮށްފައިވާ ޝޯވ އެކެވެ.

މި ޝޯވ އަމާޒުކޮށްފައިވަނ 2 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ކައިލް އާއި ލޫލޫ އުފައްދާފައިވަނީ “ގޮރިއްލާސެލްސް” އިންނެވެ. މި ކުންފުނީގެ އަމާޒަކީ ކުޑަކުދިންނަށް ޚާއްސަ ތައުލީމީ އަދި މުނިފޫހިފިލުވުމުގެ އެނިމޭޓެޑް ޝޯވތައް ތައްޔާރުކުރުމެވެ. ގޮރިއްލާސެލްސް ދަނީ ކުރިއަށް އޮތްތަނުގައި ކައިލް އާއި ލޫލޫގެ އިތުރު ވާހަކަތައް ތައްޔާރުކުރުގެ މަސައްކަތްކުރަމުންނެވެ.

އޮން ޑިމާންޑް އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް  ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީ އިން މަސައްކަތްކުރަމުން ދަނީ އޮން ޑިމާންޑް ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް އަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ “އިންޓްރޯ އޮފަރ” އަދި “ބޭސިކް ޕެކޭޖް” ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެއެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗަރ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ “ހޯމް ސްކްރީން” ގައި ވާ ” އޮން ޑިމާންޑް” ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.